ތ. ގާދިއްފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.
ތ. ގާދިއްފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ ތަފްސީލު
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ކޮންޓްރެކްޓް އަގު: 110,455,574.40 ރުފިޔާ
ކޮންޓްރެކްޓްގެ މުއްދަތު: 540 ދުވަސް
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 10 ހެކްޓަރުގެ ބިން ހިއްކުން (390،701 ކޮޑިމީޓަރު ވެލިން)މާއި، 100 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރޖެހުމާއި، 704 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓްޖެހުމާއި އަދި 100 މީޓަރުގެ ގްރޮއިން ލުމެވެ.

