ތ. ގާދިއްފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރުއެވެ. އަރިހުގައި ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އަދި ގާދިއްފުށި ކައުންސިލްގެ ރައީސް ޢަބްދުالله ނަސީފް ބައިވެރިވެވަޑައިގެންނެވިއެވެ.
ތ.ގާދިއްފުށި ބަނދަރު ތަރައްޤީކުރމުގެ މަޝްރޫޢު:
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ކޮންޓްރެކްޓް އަގު (ވޭރިއޭޝަންއާއެކު): 85،788،143.28 ރުފިޔާ
ކޮންޓްރެކްޓްގެ މުއްދަތު : 580 ދުވަސް
މި މަޝްރޫޢުގެ ދަށުން ގާދީއްފުށީ ބަނދަރު ބޮޑުކުރެވިގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:
- 145 މީޓަރުގެ ބޮޑުހިލައިގެ ޗެނަލް ބްރޭކްވޯޓަރ ޖެހުން
- 20×3 މީޓަރުގެ ޖެޓީއެއް ހެދުން
- 9 މީޓަރުގެ ބޮޑުހިލައިގެ ސަބްމާޖްޑް ބްރޭކްވޯޓަރ ޖެހުން
- 204 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން
- 1،365 އަކަމީޓަރުގެ ކޮންކްރީޓް ޕޭވްމަންޓް އެޅުން
މީގެއިތުރަށް ބަނދަރާއި ނެރު ފުންކުރުމާއި، 318 މީޓަރުގެ އެލް-ބްލޮކް ޖައްސައި ބަނދަރު އެއްގަމުތޮށި ހެދުމާއި، 227 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަން ޖެހުމާއި، އަދި 289 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް އަދި 252 މީޓަރުގެ އެލް ބްލޮކްސް ޖައްސައި ސޭންޑް ފިލްޑް ބްރޭކްވޯޓަރ ހެދުން ހިމނެއެވެ.

