ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިނަލްއަގުވާމީ ގާނޫނު ބޮޑެތި ގައުމުތަކަށް ނުހިންގޭތީ، ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު ދަނީ ގެއްލެމުން: ހަލީލް

ހާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބާރުގަދަ ބައެއް ގައުމުތަކުގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނު ނުހިންގޭތީ ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ގޮވާލައްވައިފިއެވެ.

އދ.ގެ 80 ވަނަ އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ހަލީލް ވަނީ ހަމަހަމަ ކަމާއިއެކު އދ. ގެ މެމްބަރު ގައުމުތަކުގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނުތައް ނުހިންގޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އިސްރާއިލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާއްމު، ހަލީލް ވަނީ ފާހަގަކުރައްވާފައެވެ. އަދި އިސްރާއިލުން ތަކުރާރުކޮށް ބައިނަލްއަގުވާމީ ގާނޫނުތައް މުގުރަމުން ދާ ކަމަށާއި، ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތަކާއި، އދ. ގެ ގަރާރުތަކަށް އިސްރާއިލުން ގޮންޖަހާފައިވާ ކަންވެސް ހަލީލް ވަނީ ފާހަގަކުރައްވާފައެވެ.

ހަލީލް ވަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ފަލަސްތީނާއި މެދު ގެންގުޅެމުންދާ ދެފުށްދެގޮތް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމަށް ވާގިވެރިވެ ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދެމުންދަނީ އިންސާނީ ހައްގުތަކަށްޓަކައި އެންމެ ބޮޑަށް ވަކާލާތު ކުރާ ކަމަށް ދައުވާ ކުރާ ގައުމުތަކުން ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށްވެސް ދިރިހުރުމާއ ރައްކާތެރިކަން ކަށަވަރުވުމުގެ ހަމަހަމަ ހައްގުލިބިގެންވާކަން ބަލައިގަންނަން އެގައުމުތަކުން ދެކޮޅުކަން، އެނގިގެންދަނީ މި މައްސަލައިގައި އެގައުމުތަކުން ގެންގުޅޭ ސިޔާސަތާއި ވިސްނުމުގެ ސަބަބުން ކަމަށެވެ.

”ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތަކަށް ވާގިދެނީ ބައިނަލްއަގުވާމީ އިންސާފުގެ ނިޒާމު ބިނާކުރި ގައުމުތަކުން. ގަރުނުގެ އެންމެ ބޮޑު ލަދު، އެއީ ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާމު ނުފެނި ތިބި ތިބުން“

ނަސްލެއް ނައްތާލުމުގެ އަމަލު ހިންގުމަށް އިސްރާއީލަށް ލިބިދޭ ފުރުސަތުތަކާއިއެކު ރާއްޖެއިން ވަނީ ދުނިޔެއަށް ބޮރުވެރި މުސްތަގުބަލެއް ސިފަކޮށްދެއްވާފައެވެ. އެގޮތުން ހަލީލް ވަނީ ގާނޫނުތަކުގެ ބާރު ނުހިންގާ ދުނިޔެއެއްގެ ނުރައްކަލުން ބާރުގަދަ ގައުމުތަކަށްވެސް ރާކާތެރިކަމެއް ނޯންނާނެކަމުގެ އިންޒާރުގެ މެސެޖެއް އދ. ގެ އާންމު މަޖިލީހުގައި ހިއްސާކުރައްވާފައެވެ. އަދި ރާއްޖެއިން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑު ބަދަލުކޮށް ވީޓޯ ކުރުމުގެ ބާރު ވަކި ގައުމުތަކަށް އޮންނަ ނިޒާމު އުވާލުމަށް ގޮވާލާފައެވެ.

މީގެއިތުރަށް ހަލީލް ވަނީ ތިމާވެށީގެ ދާއިރާއިންވެސް މުހިއްމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދުނިޔޭގެ ބޮޑެތި ބާރުތަކުން ތިމާވެއްޓަށް ދެމުންދާ ގެއްލުންތަކުގެ ޒިންމާ ނެގުމުގެ ބުރަ އުފުލަންޖެހެނީ ކުދި ޖަޒީރާ ގައުމުތަކުންކަމަށް ހަލީލް ވިދާޅުވިއެވެ.

މީގެއިތުރުން ތިމާވެށީގެ ދާއިރާއިން ލިބޭ ގެއްލުންތަކުން އަރައިގަނެ ތަރައްގީއަށް ބޭރުން ނަގާ ދަރަންޏަށް ލުއި ނުލިބި، ކުދި ގައުމުތަކުގެ ވިލުންތެރިކަމާއި ތައުލީމާއި ސިއްހަތު ފަދަ އަސާސީ ކަންކަމަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ މައްޗަށްވެސް ހަލީލް އަލިއަޅުއްވާ ލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: