ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ 2.2 ބިލިއަންގެ ހިޔާނާތް؛ ނުހައްގު މުއްސަނދި ކަމެއް ނުހޯދަން، ކަންކުރީ އުސޫލުގެ ތެރެއިން: ސައީދު

ފެނަކަ ކޮޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައިގެ އެމްޑީގެ މަގާމަށް ހަވާލުވީ ދުވަހުން ފެށިގެން ހުރިހާ ޕްރޮކިއުމަންޓް މުއާމަލާތްތައް ކުރިއަށް ގެންގޮސްފައިވާނީ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ކުންފުނީގެ ބޯޑުން އެކަށައަޅާފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށް ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފެނަކައިގެ އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން ސައީދު ނެރުއްވި ބަޔާނުގައި ވަނީ އޭނާ ފެނަކައިގެ އެމްޑީގެ މަގާމަށް ހަވާލުވީ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2023ގެ ނިޔަލަށް ކުންފުނީގެ ބޭނުމަށް ކޮށްފައިވާ ހުރިހާ ޕްރޮކިއުމަންޓް މުއާމަލާތްތައް ކުރިއަށް ގެންގޮސްފައިވާނީ ކުންފުނީގެ އެތެރޭގައި ހެދިފައިވާ އެނމެހައި އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ކުންފުނީގެ ބޯޑުން އެކަށައަޅާފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށެވެ. އެއާއި ހިލާފަށް އެއްވެސް ބަޔަކަށް މުދަލެއް، ހިދުމަތެއް، ކޮންޓްރެކްޓެއް އަދި ޕްރޮޖެކްޓެއްވިޔަސް ދީފައި ނުވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އަމިއްލަ ބޭނުމަށް ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި އަދި ނުހަންގު މަންފާއެއްވެސް ހޯދާފައި ނުވާނެ ކަމަށެވެ. އަދި ފެނަކައިގައި އެ މުއްދަތުގައި ކޮށްފައިވާ ހުރިހާ މުއާމަލާތަކީވެސް އިންސާފުވެރިކަމާއިއެކު އަދި ދެފުއް ފެންނަ ގޮތަށް ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެކަމުގައި އެއްވެސް ސިޔާސީ ކުލައެއް ނުޖެހި މައްސަލަ ބެލުމަށް މިނިވަން މުވައްސަސާތަކަށް ސައީދު ވަނީ ގޮވާ ލައްވާފައެވެ. އަދި އެކަމުގައި ދޭން ޖެހޭ ފުރިހަމަ އެއްބާރުލުންވެސް ދެއްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

”އަދި ހަމައެހެންމެ އޮޑިޓް އޮފީސް ފަދަ މިނިވަން މުސްތަގިއްލު މުއައްސަސާއަކުން އެފަދަ ރިޕޯޓެއް ނެރޭއިރު، ކުންފުނިން ލިބެންހުރި ހަގީގީ މައުލޫމާތު ލިބެން ހުރެމެ، އެ މައުލޫމާތުތައް ނުހޯދައި އަދި އަޅުގަނޑު މި ދުނިޔޭގައި ހުރި އިރު، އަޅުގަނޑުގެ ފަރާތުން އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުހޯދައު، އަވަސް އަރުވާލައިގެން ވަކި މަގްސަދެއް ހާސިލް ކުރުމަށް ހަގީގަތާއި ހިލާފު މައުލޫމާތު ހިމަނައި، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަމާއި ކަމުގެ ހަގީގަތް އޮޅޭގޮތަށް މިފަދަ ދަނޑިވަޚެއްގައި ރިޕޯޓްތައް ނެރުއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ، އަދި މުވައްސަސަތަކުގެ މިނިވަންކަމާއިމެދު ދިވެހި ރައްޔިތުން ސުވާލު އުފައްދާނޭ ކަމެއްކަމުގައި މެނުވީ ނުވާނެއެވެ“

ސައީދު ވިދާޅުވީ ޒަމާނުއްސުރެ ރައްޔިތުންނަށް ތަކުލީފުތަކަށް ވެފައިވާ އިންޖީނުގެތަކާއި ދިގު ގޮނޑީގެ އޮފީސްތަކާއި، ބޮނބިނަރު ނެޓްވޯކްތައް އެންމެ ޒަމާނީ ފެންވަރަށް ބަދަލުކޮށް، އިރުއިރުކޮޅާ ކެނޑެމުންދިޔަ ކަރަންޓުގެ ހިދުމަތް، ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ކަށަވަރު ކުރެވުނު ކަމުގެ އުފާ އަދިވެސް ލިބިވަޑައިގަންނަވާ ކަމަށެވެ.

އޮޑިޓަރ ޖެނެރަލް ފަދަ މިނިވަން މުއައްސަސާއަކުން ނެރޭ އެފަދަ ރިޕޯޓެއް ވާންވާނީ، ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ނެރެވޭ މިނިވަން ދެފުށް ފެންނަ ރިޕޯޓުތަކެއް ކަމަށް ސައީދު ވިދާޅުވިއެވެ. އެހެން ނޫންނަމަ ގާނޫނުއަސާސީން އުފައްދާފައިވާ އޮޑިޓަ ޖެނެރަލް އޮފީހަށް ދިވެހި ރައްޔިތުން ކުރާ އިތުބާރު ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: