ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިލީ އެފްއެންބީ ސަޕްލަޔާޒް 1 ބާޒާރު ފިހާރާގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ބާޒާރުމަތީގައި ހުންނަ ލިލީ އެފްއެންބީ ސަޕްލަޔާޒް 1 ބާޒާރު ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސަސްއަށް ލިބުނީ ރޭ 1:00 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު ވަގުތުން ސިފައިންގެ ފަޔަރ ޓީމުތައް އެ ސަރަހައްދަށް ފޮނުވައި، އަލިފާންގަނޑު އިތުރަށް ފެތުރުމުގެ ކުރިން ކޮންޓްރޯލްކުރުމުގެ މަސައްކަތް ފަށާފައިވެއެވެ.

އެމްއެންޑީއެފުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މުޅި އަލިފާންގަނޑު މުޅިން ނިއްވާލެވިފައިވަނީ ރޭ 2:40 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަން އެމްއެންޑީއެފުން ފާހަގަކޮށްފައިވެއެވެ.

އަލިފާނުގެ ހާދިސާ ހިނގި އިމާރާތަކީ ޑެގު އަޅައިގެން ހަދާފައިވާ އިމާރާތަކަށް ވުމާއެކު، އަލިފާން ރޯވުމުގެ ސަބަބުން އިމާރާތުގެ ޑެގު އެއްކޮށް ވެއްޓި، އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ވަނީ ހާމަކޮށްފައެއް ނުވެއެވެ. އެމްއެންޑީއެފުން މި ހާދިސާއާ ގުޅޭ އިތުރު ތަހުގީގުތައް ކުރިއަށް ގެންދާކަމަށް މަޢުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: