ސަރުކާރުގެ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހަރުގެ ޖަލްސާއެއް ”ޕީއެންސީ ހައުސް“ ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ޕީއެންސީ ޖަލްސާ ހަރުގޭގައި ބެއްވުމަށް ހަމަޖެހިފައި އޮކްޓޯބަރ 1 ވާ ބުދަ ދުވަހުގެ ރޭ 20:30 ގަ އެވެ.
އެންމެ ފަހުން ޕީއެންސީގެ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ ޖުލައި މަހު އެވެ.
ޕީއެންސީގެ ހަރުގެ ހުޅުވި ފަހުން، ސިލްސިލާކޮށް ބައެއް ޖަލްސާތައް ކުރިޔަށް ގެންގޮސްފައި ވެއެވެ. އަދި ބައެއް ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަ އެވެ.
ޕީއެންސީގެ ޖަލްސާގައި ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ މެމްބަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ވާހަކަފުޅު ދަައްކަވަ އެވެ.
އަންނަ ހަފްތާގައި އޮތް ޖަލްސާގައި ވެސް ސަރުކާރުގެ މަސައްކަތްތަކާއި، ސިޔާސަތުތައް ތަންފީޒު ކުރުން އަދި މަޖިލީހުގެ މި ފެށޭ ދައުރުގައި ކުރަން ހުރި މަސައްކަތްކާއި ގުޅޭގޮތުން ވާހަކަ ދެކެވޭނެކަމަށް ބެލެވެ އެވެ. އަދި ރައީސް މުއިއްޒު ހަތް ދުވަހަށް ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅުގެ ތަފްސީލުތަކަށް ވެސް ވާހަކަ ދައްކާނެކަމަށް ބެލެވެއެވެ.
މީގެއިތުރުން އާންމުކޮށް ބާއްވާ ޖަލްސާތަކުގައި ސަރުކާރުގެ ސިޔާސަތުތަކާއި ގުޅުވައި އަމާޒު ކުރާ ފާޑުކިއުންތަކަށް ރައްދު ދެއެވެ.

