ކެންސާ ސޮސައިޓީ އިން ބާއްވާ ”ޕިންކް ރިބަން ރަން/ވޯކް“ އަންނަ މަހު 18 ވަނަ ދުވަހު ބާއްވާނެ ކަމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
މި ހަރަކާތަކީ އާއްމުންގެ މެދުގައި ކެންސަރަށް އޮތް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.
އަތޮޅު ތެރޭގެ 29 ވަނަ ރަށަކުންނާއި 4 ރިސޯޓަކުން ވަނީ މި ރަން/ވޯކް ގައި ބައިވެރިވެފައެވެ. މި އިވެންޓްގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 4 އޮކްޓޫބަރު 2024 ވާ ހޮނިހިރު ދުވަހެވެ.
މި ރަން/ވޯކް ގައި https://form.jotform.com/252491039483461 މި ލިންކުން ބައިވެރިވެވޭނެއެވެ.
2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ރަން އަށް 2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކޮށްލެވެއެވެ.

