ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ ސްކީމް ފްލެޓުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި

ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކަށް ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް ފެށުން/ ފޮޓޯ: އެފްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކަށް ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެފްޑީސީ ބުނީ ޔުނިޓު ހަވާލުކުރުމަށްޓަކައި، އަމާން އުދަރެސް ޓަވަރު 14 ގައި އާބާދުވާ ފަރާތްތަކާއި ބައްދަލުކޮށް ތަޅުދަނޑި ހަވާލުކޮށްފައިވާކަމަށެވެ.

އެފްޑީސީ ބޭއްވި މި ރަސްމިއްޔާގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވެސް ވަނީ ޓަވަރުތަކަށް ބަދަލުވާ އާއިލާތަކާއި ބައްދަލު ކުރައްވާފަ އެވެ. އަދި އެފްޑީސީގެ މުވައްޒަފުންގެ އިތުރުން،  ކޮންސްޓްރަކްޝަން، ހައުސިންގ މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި އެމްއެންޑީއެފްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ހަމްދާން ވަނީ ”އަމާން އަތްމަތީ ފޮތް“ ވެސް އިފްތިތާހު ކުރައްވާފައެވެ. މި ފޮތުން އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި ޔުނިޓު ހަވާލުކުރުމާއި، އިމާރާތް ބޭނުންކުރުމުގެ އުސޫލުސޫލުތައް އެފްޑީސީގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެކަމަށް މައުލޫމާތު ދެއެވެ.

ހަމްދާން ވިދާޅުވި ގޮތުގައި، އެފްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ތަޅުދަނޑި ހަވާލުކުރުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި ނިޒާމުގެ ސަބަބުން ހިދުމަތް ލިބިގަތުމުގެ މަރުހަލާތައް އިތުރަށް ހަރުދަނާވެ، ވަގުތާއި ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް މަގުފަހިވެގެންދާނެކަމަށް ހަމްދާން ވިދާޅުވި އެވެ.

ހަމްދާން ވިދާޅުވީ މިއީ ހަމައެކަނި ގެދޮރު ޢިމާރާތްކުރުމުގެ މަޝްރޫއެއް ނޫންކަމަށާއި، މިއީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އުފާވެރި އަދި ރައްކާތެރި މާހައުލެއް ގައިމްކުރުމުގެ މަޝްރޫއެއް ކަމަށެވެ.

ތަޅުދަނޑި ހަވާލުކުރުމުގެ އަމަލީ މަސައްކަތް ކުރިޔަށް ގެންދާއިރު، އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ އަމާން އުދަރެސް ޓަވަރު 14 އިން ޔުނިޓު ލިބުނު ފަރާތްތަކަށެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 16:00 އާ ދެމެދުއެވެ.

އެފްޑީސީއިން ވަނީ އެޕާޓްމަންޓަށް ބޭނުންވާ، ތަކެއްޗާއި ފަރުނީޗަރު އެރުވުމަށް ހާއްސަ އިންތިޒާމެއް ހަމަޖައްސާފައެވެ. އަދި ހޯމަ ދުވަހުން ފެށިގެން ޕޯޓަލް މެދުވެރިކޮށް ކުރިއާލާ ބުކިންގ ހެދުމުގެ ފުރުސަތު ހުޅުވާލާނެކަމަށް ވަނީ ބުނެފަ އެވެ. އެފްޑީސީ ބުނީ އިމާރާތުގައި ތަކެތި ބެހެއްޓުމަށް ހާއްސަކުރެވިފައިވާ ޖާގަ ބުކް ކުރުމަށްފަހު، އެ ސަރަޙައްދުގައި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެފްޑީސީ ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ، މީހުން ބަދަލުވުމުގެ މަރުހަލާ ރޭވުންތެރިކަމާއި އެކު ފަސޭހަކޮށް ކުރިޔަށް ގެންދިއުމަށް ކަމަށެވެ. މިގޮތުން، އާއިލާތައް ޓަވަރަށް ބަދަލުވަމުންދާއިރު، ޓަވަރުގެ އާންމު ސަރަހައްދުތަކުގައި ތޮއްޖެހުން ކުޑަކޮށް، ފަސޭހަ އަދި އެކަށީގެންވާ ގޮތެއްގައި މި މަރުޙަލާ ފުރިހަމަކުރުމަށް މަސައްކަތް ކުރެވޭނެކަމަށް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: