ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ބަދަލުކުރުމަށް ކޮންމެކަމެއްވެސް ކުރަން ތައްޔާރު: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ބަދަލުކުރުމަށް ކޮންމެކަމެއްވެސް ކުރަން ތައްޔާރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ބޭއްވި ”ލޫޓުވާލައިފި“ އެއްވުމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ މި ސަރުކާރުން ގާނޫނު އަސާސީ ފުޑާލައިފިކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބާރު ކަނޑުވާލައިފިކަމަށް ވިދާޅުވިއެވެ. ދިވެހި ވިޔަފާރިތަކާއި، މުޅި އިގްތިސާދު ފުނޑާލާ މުޅި އިގްތިސާދު ފުނޑު ފުނޑު ކޮށްލައިފިކަމަށެވެ.

މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ. މީގެ ކުރީގައި މިއީ ރަނގަޅަށް ހިނގަ ހިނގާ އޮތް ނިޒާމެއްކަމަށް ފާހަގަކުރެއްވިއެވެ. މުޅި ނިޒާމުގެ ތަރުތީބު މި ސަރުކާރުން ގެއްލުވާލައިފިކަމަށާއި، ސަރުކާރުން ދަނީ ފަހަރަކު ހައްގެއް ލޫޓުވަމުންކަމަށް މައުރޫފް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި، ދުލާއި ގަލަމުގެ މިނިވަންކަމަށްވެސް ހުރަސް އަޅާފައިވާކަމަށް ފާހަގަކޮށް މައުރޫފް ވިދާޅުވީ، މާލީ ގެއްލުމަށްވުރެ ހައްގެއް ގެއްލުން އެއީ މާ ނުރައްކާތެރިކަމެއްކަމަށެވެ.

ގާނޫނު އަސާސީގެ ދެވަނަ ބާބުގައި އޮތް ހައްގުތައް، ފޭރިގެންފި. އެހެންވީމާ ހިތްހަމަ ނުޖެހިގެން. ރުޅި އައިސްގެން، މި ސަރުކާރަށް ނޫނެކޭ ބުނަން، ރައްޔިތުން މިތަނަށް މި އެއްވީ.

މައުރޫފް ވިދާޅުވިއެވެ.

އެމްޑީޕީގެ ރައްޔިތުންގެ މަގުތަކަށް އެއްވީ ސަރުކާރުގެ ކަންކަން ހައްދުފަހަނައަޅާފައިވާތީކަމަށާއި، ސަރުކާރަށް ބުނަނީ ނޫނެކޭކަމަށް މައުރޫފް ވިދާޅުވިއެވެ. ވެރިކަން ބަދަލުކުރަން ޖެހޭކަމަށާއި، އެމްޑީޕީގެ މެންބަރުން ކުރައްވާނީ އެ މަސައްކަތްކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވަނީ ސަރުކާރަށް ފަސް ޑިމާންޑެއް ކޮށްފައެވެ. އެއީ:

  1. ދައުލަތުގެ ބާރުތައް ހިސޯރުކޮށްގެން ހައްގުތައް ނިގުޅައިގަތުމަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު އަނބުރާ އިޔާދަކުރުމަށް.
  2. ދިވެހިރާއްޖޭގެ މާލީ ސިޔާސަތު ފުނޑާލާ އެސްއޯއީތައް މެނދުވެރިކޮށް ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ބަޖެޓު ލޫޓުވުން ހުއްޓުވާ، ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް ހުރަސްއެޅުން ހުއްޓާލާ، ކުރިއަށް އޮތް ފަސް ހަފްތާ ތެރޭ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ދިނުން.
  3. ފައްކާވަމުން އައި ލާމަރުކަޒީ ނިޒާމު އިހު އޮތް ގޮތަށް އިޔާދަކޮށް، ބާރުވެރިކަން ރަށްރަށުން ނިގުޅައިގަތުން ހުއްޓާލުން.
  4. ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، މީޑީއާ ކޮންޓްރޯލް ކުރާ ގާނޫނު އުވާލުން.
  5. އާސަންދައާއި ބޭސް ފަރުވާއިން ރައްކާތެރި ބޭސް 17 ނޮވެމްބަރު 2023 ގައި ހަމައަށް ދިވެހިންނަށް ލިބެމުން އައި މިންވަރަށް މިހާރުން މިހާރަށް ލިބި ދިނުމަށް.

މައުރޫފް ވަނީ އެމްޑީޕީގެ އެއްވުމަށް އައި ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ. މައުރޫފް ވިދާޅުވީ ވެރިކަން ބަދަލުކުރުމަށް ކޮންމެކަމެއްވެސް ކުރަން ތައްޔާރުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: