ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ގެނައި އިސްލާހީ ބަދަލުތައް ދަމަހައްޓަން ގުރުބާން ވާންވެސް ތައްޔާރު: ޝާހިދު

"ލޫޓުވައިފި، ލޫޓުވައިފި" އިހުތިޖާޖު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން ކުރި ބުރަ މަސައްކަތުން ގެނައި އިސްލާހީ ބަދަލުތައް ފުނޑުވާތަން ބަލަން ނުތިބޭވެކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެއްވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މިހާރުގެ ސަރުކާރުން ”ދައުލަތް ލޫޓުވަން“ ކުރަމުން އަންނަ މަސައްކަތް ހުއްޓުވާނެކަމަށެވެ. އެމްޑީޕީއަކީ ރާއްޖެއަށް ސުލްހަވެރި ސިޔާސީ ހަރަކާތް ތައާރަފްކުރި ޕާޓީކަމަށް ފާހަގަކޮށް ޝާހިދު ވިދާޅުވީ، ސުލްހަވެރި ސިޔާސީ ހަރަކާތުގެ ތެރެއިން ރާއްޖެއަށް މުހިންމު އިސްލާހީ ބަދަލުތައް ގެނައީވެސް އެމްޑީޕީއިންކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރުން އެކަންކަން ފުނޑު ފުނޑު ކުރަމުންދާކަމަށާއި، އެ ކަންކަން އޮޔާދާ މަންޒަރު ފެންނަކަމަށް ޝާހިދު ވިދާޅުވިއެވެ.

މިހާތަނަށްވެސް އެމްޑީޕީން ވާނީ ގެނައި އިސްލާހީ ބަދަލުތަކުގެ ހިމާޔަތުގައި މަސައްކަތްކޮށްފައިކަމަށް ފާހަގަކޮށް ޝާހިދު ވިދާޅުވީ، ދެންވެސް އެގޮތުގައި ދެމި ތިބޭނެކަމަށެވެ. އަދި އެމްޑީޕީއިން މިކަމުގެ ހައްގުގައި ގުރުބާންވާނެކަމަށް ވިދާޅުވިއެވެ..

އަދި އެމްޑީޕީން މިރޭ ނިކުމެ ތިބީ ދައުލަތް ”ލޫޓުވުން ހުއްޓުވަން“ ކަމަށާއި، ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ އަދި ދެމި އޮންނަނީ ރައްޔިތުންގެ ކިބައިންކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: