ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލްއާރްއޭޑީއެއް ފުރަތަމަ ބޭނުންކުރީ ރައީސް ޔާމީންގެ ދައުރުގައި: އިހުސާން

ހޯމް މިނިސްޓަރު އިހުސާން ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މުޒާހަރާގައި ބޭނުންކުރި ބާވަތުގެ ވަސީލަތެއް ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެެ ވެރިކަމުގެ ދައުރުގައިކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މުޒާހަރާގައި ބޭނުންކުރި ސޮނިކް ވެޕަންއެއްގެ ސަބަބުން ގިނަ ބަޔަކަށް ޖިސްމާނީ އެކި ދަތިތައް ކުރިމަތިވަމުންދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެއީ މުޅިން އަލަށް ފުލުހުން ބޭނުންކޮށްފައިވާ އުކުޅެއްކަމަށްވެސް ފާހަގަކުރަމުންދެއެވެެ. މިނިސްޓަރު އިހުސާންވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި މިއީ އެންމެ ފުރަތަމަ 2013 ވަނަ އަހަރުގައި ފުލުހުން ބޭނުންކުރަން ފެށި ވަސީލަތެއްކަން ހާމަކުރެއްވިއެވެ.

މިނިސްޓަރ ވިދާލުވީ، އެންމެ ފުރަތަމަ ބޭނުންކުރީ އެލްއާރްއޭޑީ 450 އެކްއެލްކަަމަށެވެ. އެ ވަސީލަތަކީ ދުއްވާ އުޅަނދެއްގައި ހަރުކުރާ އެއްޗެއްކަމަށެވެ. އެއީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްއިން ބޭނުންކުރާކަމަށް ބުނާ އަޑުގޮވާ އުޅަނދުތައްކަމަށެވެ. އަދި މިފަހުން ބޭނުންކޮށްފައިވަނީ އެލްއާރްއޭޑީ 100 އެކްސް ކަމަށްވާއިރު އެ މަރުކާ އެންމެ ފުރަތަމަ ބޭނުންކުރީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި މޭ 2023 ގައި ހިންގި އޮޕަރޭޝަންތަކެއްގައިކަމަށެވެ.

އިހުސާން ވިދާޅުވީ، އެ ވަސީލަތްތަކަކީ 100 އަށްވުރެ ގިނަ ގައުމުގައި އަމާންކަން ކަށަވަރުކުރުމުގެ މަސައްކަތްތައް ކުރާ އެޖެންސީތަކާއި އަސްކަރިއްޔާތަކުގެ އިތުރުން އެހެނިހެން ތަންފީޒީ އިދާރާތަކުންވެސް ބޭނުންކުރާ އެއްޗެއްކަމަށެވެ. މިގޮތުން ލޯންޖް ރޭންޖް ކޮމިއުނިކޭޝަންއާއި އެއްވުންތައް ކޮންޓްރޯލްކުރުމުގެ އިތުރުން ބޯޑަރު ސަރަހައްދު ބެލެހެއްޓުމާއި ކަނޑުމަތީގެ ސަލާމަތާއި ކުއްލި މެސެޖުތައް ފޯރުކޮށްދިނުންވެސް ހިމެނޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: