ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިނު ފިހާރަ ހިންގަން އަހަރަކަށް ތިން މިލިއަން ރުފިޔާ ހަރަދުވޭ!

ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އައިނު ފިހާރަ ހިންގަން އަހަރަކަށް ތިން މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

ސުވާލުގައި ވަނީ ދުނިޔޭގެ ތަހުޒީބީ މުޖުތަމައުތަކުގައި ސަރުކާރުން ގިނަ ވިޔަފާރިތަކެއް ކުރުމުގެ ބަދަލުގައި، ކުރާކަމަކީ ވިޔަފާރިތައް ރެގިއުލޭޓު ކުރުންކަމަށެވެ. އާސަންދައިން އައިނު ހައްދާދޭ ކުންފުނި ރެގިއުލޭޓު ކުރުމުގެ ބަދަލުގައި ސީދާ ސަރުކާރުން އެ ވިޔަފާރި ކުރަން ނިންމި ސަބަބަކީ ކޮބައިތޯ މެންބަރު ވަނީ ސުވާލު ކޮށްފައެވެ. އަދި ސަރުކާރުގެ އައިނު ފިހާރަ ހިންގަން ކިހާ ހަރަދެއް ދޭތޯއާއި، އަހަރެއްގެ މައްޗަށް މި ވިޔަފާރިއަށް ޖުމްލަ ކިހާ ހަރަދެއް ހިނގާތޯ ސުވާލުކުރައްވާފައިވެއެވެ.

މިނިސްޓަރު ލިޔުމުން ފޮނުއްވި ޖަވާބުގައި ވަނީ މިއީ ހެޔޮ އަގުގާ ރައްޔިތުންނަށް އައިނުގެ ހިދުމަތް ދިނުމުގެ މަގްސަދުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ފެއްޓެވި ހިދުމަތެއްކަމަށެވެ. އަދި މިއީ އާސަންދައިގެ ދަށުން ދެ އަހަރުން އެއް ފަހަރު ދިވެހި ރައްޔިތުންނަށް އައިނު ހައްދަން ލިބޭ ފުރުސަތުގެ ހިދުމަތް ދިނުމަށްޓަކައި، އައިޖީއެމްއެޗްއިން ކުރަމުން ގެންދާ މަސައްކަތްތަކެއްކަމަށައި، މި މަސައްކަތް ކުރަމުންދަނީ ވިޔަފާރީގެ އުސޫލުން ނޫންކަމަށެވެ.

މި މަސައްކަތް ސަރުކާރުން ފެށީ މި ހިދުމަތް އެހެން ގޮތް ގޮތުން ހޯދުން އާންމުންނަށް ބޮޑު ބުރައަކަށްވުމުގެ ސަބަބުންކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ގައުމީ ހެލްތް އިންޝުއަރެންސް ސްކީމް، އާސަންދައިން ކަވަރުކުރަމުން ދަނީ ނަންބަރު އައިނު ހައްދާ ފަރާތްތަކަށް ކޮންމެ ދެ އަހަރަކުން އެއްފަހަރު 1،000 ރުފިޔާކަމުން ގިނަ ރައްޔިތުންނަށް ޖެހެނީ އަމިއްލަ ޖީބުން އެތައް ހާސް ރުފިޔާއެއް ހަރަދުކުރަންކަމަށެވެ. އައިޖީއެމްއެޗްގައި އޮޕްޓިކަލްގެ ހިދުމަތް ގާއިމްކޮށްގެން ހިދުމަތް ދިނުމުގައި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އިތުރު އަގަކާއ،ި ނުލާ އައިނު ލިބޭނޭ އިންތިޒާމް ހަމަޖައްސާ ދެއްވުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައިޖީއެމްއެޗްއިން މިކަމާއި ގުޅޭ ހުރިހާ ހިދުމަތެއް ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ލޮލުގެ ތަހުލީލުތައް ހަދާ، އިންހައުސްކޮށް ލެންސް އުފައްދައިދޭކަމަށްވެސްވެއެވެ.

މިނިސްޓަރު ވިދާޅުވީ އަތޮޅު ތެރެއަށް މި ހިދުމަތް ފަހިކޮށް، ރާއްޖޭގައި މި ފަރުވާ ވީހާވެސް ފަސޭހަކަމާއިއެކު ހޯދޭނެ ގޮތް ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.

އައިޖީއެމްއެޗްގައި އައިނު ފިހާރަ ގާއިމްކުރުމަށް، ޖުމްލަ 2،060،885 ހަރަދުކޮށްފައިވާކަމަށާއި، އަހަރެއްގެ މައްޗަށް މި ވިޔަފާރިއަށް ރިކަރެންޓް ހަރަދުގެ ގިތުގައި ހަރަދުވާނީ 3,456,212 ކަމަށް މިނިސްޓަރު ލިޔުމުން ދެއްވި ޖަވާބުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: