ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތޫނު އަޑު ފޮނުވާ ހަތިޔާރު ފުލުހުން ބޭނުންކޮށްފައިވަނީ ގާނޫނާއި ހިލާފަށްކަމަށް ބުނެ ހުށައެޅި މައްސަލަ ބޭރުކޮށްލައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް ނަސީމް ފޮޓޯ/ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ”ލޫޓުވާލައިފި“ އެއްވުން ރޫޅާލުމަށް ފުލުހުން ބޭނުން ކުރި ތޫނު އަޑު ފޮނުވާ ހަތިޔާރު ނުވަތަ ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) އާއި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަންބޮޑުވުން ފާޅުކޮށް، މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްއެވެ. ކުއްލި މައްސަލައިގައި ވަނީ ފުލުހުން ހާލަތާއި ނުބައްދަލު ބާރާއި، ހަތިޔާރުގެ ބޭނުންކޮށްފައިވާކަމަށެވެ.

ގާނޫނުއަސާސީގައި މިނިވަންކަމާއިއެކު ފިކުރު ކުރުމާއި، އިސްލާމް ދީނުގެ އަސްލަކާއި ހިޔާލު ނުވާ ގޮތުގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތައް ދުލާއި ގަލަމުން، އަދި މި ނޫންވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބެގެންވާކަމަށް ބަޔާންކޮށްފައި އޮންނަކަމަށް ފާހަގަކޮށްފައިވެއެވެ. ދައުލަތުގެ ހުއްދައެއް ކުރިއާލާ ހޯދުމަކާއި ނުލާ، ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ ބާރުވެސް ކޮންމެ މީހަކަށްވެސް ލިބިގެންވާކަމަށްވެސް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލާފައިވަނީ 40 މެންބަރުންގެ ވޯޓާ އެކުއެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ 39 މެންބަރުންނާއި، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު މައްސަލަ ބޭރުކޮށްލުމަށް ދެއްވި ވޯޓެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 11 މެންބަރުންނާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން އެވެ.

އެހެން އޮތްއިރު، ރައްޔިތުންގެ އަސާސީ ހައްގުތަކާއި، މިނިވަންކަން ނަގަހައްޓާ ދިފާއުކުރުމުގެ ނިޔަތުގައި މިނިވަންކަމާއިއެކު ހިޔާލު ފާޅުކޮށް، ސުލްހަވެރިކަމާއިއެކު އެއްވުމުގެ ގޮތުން އެމްޑީޕީއިން އިސް ނަގައިގެން ހުކުރު ދުވަހު ގިނަ އަދަދެއްގެ ރައްޔިތުންޏާއިއެކު މާލޭގައި ސުލްހަވެރި ސިޔާސީ އެއްވުމެއް ބާއްވާފައިވާކަމަށްވެސް މީކާއީލްގެ ކުއްލި މައްސަލައިގައިވެއެވެ. އެހެން  ނަމަވެސް އެއްވުމަށް ހުރަސް އެޅުމަށްޓަކައި ފުލުހުން މެދުވެރިކޮށް އެކި ގޮތް ގޮތުން މަސައްކަތްކޮށްފައިވާކަމަށާއި، އެއްވުމުގެ ސުލްހަވެރިކަން ގެއްލުވާލުމަށްޓަކައި މަސައްކަތްކޮށް، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން އެކި ފަހަރުތަކުގެ މަތިންކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

މި އެއްވުން ރޫޅާލުމުގެ މަގްސަދުގައި ގަނޑިއިރެއްހާއިރު، މެދުނުކެނޑި ބާރު ބާރު އަޑު އިއްވާ ހަތިޔާރެއް ބޭނުންކޮށްފައިވާކަމަށް ފާހަގަކޮށް ކުއްލި މައްސަލައިގައި ވަނީ، އެއީ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްރެޑު) ކަމަށެވެ. މި އާލާތް ބޭނުންކޮށްފައިވަނީ އާންމު ގޮތެއްގައި ބޭނުންކުރާ ގޮތަށް ނޫންކަމަށްވެސްވެއެވެ. އެގޮތުން މިއީ އެއްވުންތަކުގެ ބައިވެރިންނަށް އިންޒާރުދީ، އިއުލާންތައް ކުރަން ފެށުމުގެ ކުރިން އެންމެންގެ ސަމާލުކަމަށް ގެނައުމަށްޓަކައި، މެދުކެނޑުމެއް ނެތި، އަޑު އިއްވާ އެއްޗެއްކަމަށްވެއެވެ.

މި ހަތިޔާރުގެ ސަބަބުން ފެންނަން ހުންނަ އަނިޔާއެއް ނުލިބުނު ނަމަވެސް، ނަފްސާނީ ގޮތުންނާއި، މީހުންގެ އަޑު އިވުމުގެ ހިއްސަށް ލިބޭ ގެއްލުން ބޮޑުކަމަށާއި، މި ހަތިޔާރުގެ ސަބަބުން މީހުންގެ ކަންފަތް ބީރުވުމުގެ ފުރުސަތުވެސް އެބަ އޮތްކަމަށް ބޭރުގެ ސިއްހީ ޖަމިއްޔާތަކުންވެސް ކަނޑައަޅާފައިާކަމަށް ފާޙަގަކޮށްފައިވެއެވެ. މި ހަތިޔާރު ހުއްޓުމެއްނެތި މުޒާހަރާގައި ބޭނުންކޮށްފައިވާތީ، އެއްވުމުގެ ބައިވެރިންގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ކަންފަތަށް ތަދުވެ، ބޮލުގައި ރިއްސުންފަދަ ބަލިތައް ތަހައްމަލު ކުރަން ޖެހިފައިވާކަމަށް މީކާއީލްގެ ހުށައެޅުއްވި ކުއްލި މައްސަލައިގައިވެއެވެ. ކުޑަކުދިންނަށް ނަފްސާނީ ގޮތުން އުނދަގޫވެގެންވެސް ފަރުވާ ހޯދަމުންދާކަމަށްވެސްވެއެވެ.

މި ހަތިޔާރު ބޭނުންކުރާނެ ގޮތުގެ އުސޫލެއް އޮތުން މުހިންމުކަމަށާއި، ޕެޕާ ސްޕްރޭއާއި، ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރާނެ ގޮތުގެ އުސޫލުތައްވެސް ތައާރަފުކުރެވެން ޖެހޭކަމަށް މީކާއީލް ވިދާޅުވިއެވެ. މި އާލާތް ބޭނުންކުރިއިރު، އެ ބޭނުންކުރާނެ ގޮތުގެ އެއްވެސް އުސޫލެއް ނެތުމަކީ އެއްވެސް ހަމައެއް ލަމައެއް ނެތި ރައްޔިތުންނާއި ދެކޮޅަށް އެ އާލާތް ބޭނުންކުރަން ލިބޭ ފުރުސަތެއްކަމަށް މީކާއީލް ފާހަގަކުރެއްވިއެވެ. ކުއްލި މައްސަލައިގައި ތަކުރާރުކޮށް ފާހަގަކޮށްފައިވަނީ ފުލުހުން މި އާލާތް ބޭޏުންކުރީ ގާނޫނާއި ހިލާފަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: