ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރާމާރީ ހިންގި ދެ ބިދޭސީން ޑީޕޯޓު ކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ޑީޕޯޓު ކުރުމަށްޓަކައި އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މާލޭގައި ދެ ބިދޭސީއެއްގެ މެދުގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ ރޭ 9:11 ހާއިރު ކަމަށެވެ. މި މާރާމާރީގައި ދެ ބިދޭސީން ވެސް ޝާމިލުވާކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އެކަކުގެ ބޯ ފަޅައިގެންގޮސް އަނިޔާތަކެއް ލިބި އައިޖީއެމްއެޗުގައި ފަރުވާދީފައި ވެއެވެ. އެއަށް ފަހު އޭނާ ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ދެ ބިދޭސީންގެ މެދުގައި ހިނގި މި މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑީއާގައި ދަނީ ދައުރުވަމުންނެވެ. މި ވީޑިއޯގައި ފެންން ގޮތުގައި ދެ ބިދޭސީންގެ މެދުގައި މައްސަލަ ހޫނުވެފައިވާ މަންޒަރު ފެނެއެވެ. އަދި އެކަކު އަނެކާއަށް ހަމަލާދޭ މަންޒަރާއި އެއްޗަކުން ދެން ހުރި މީހާގެ ބޮލުގައި ޖަހާއިރު، އެ މީހުން ހުއްޓުވަން އެހެން ބިދޭސީންތަކެއް ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: