ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ. ހަންޏާމީދޫ ލޯކަލް ޓޫރިޒަމް؛ އަލިކޮއި ރަށާއި އުތުރު އަތަފަރު ބޭނުން ކުރެވޭނެ

ރައީސުލްޖުމްހޫރިއްޔާ، އދ. ހަންޏާމީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތްތަކުގައި ރައްޔިތުން އެދޭ ގޮތެއްގެ މަތީން ކަންކަން ކުރިޔަށް ގެންދިއުމަށް ސަރުކާރުން އިސްކަންދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަންޏާމީދޫއަށް ވަޑައިގެން ރައީސް ފާހަގަކުރެއްވީ ރަށުގެ ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމެވެ.

ރަށާއި ގުޅޭ މުހިންމު ދެ ނިންމުމެއް ނިންމަވައި، ރައީސް މުއިއްޒު ވަނީ އިތުރު ކުރިއެރުންތަކެއް ރައްޔިތުންނަށް ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން، އަލިކޮއި ރަށާއި، ވަކި ރަށެއްގެ ކައިރީގައި އޮންނަ އުތުރު އަތަފަރު، ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސް، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ބޭނުންކުރުމަށް ހަމަޖައްސަވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ލޯކަލް ޓޫރިޒަމް ކުރިއަރަމުންދާ ރަށްރަށުގައި ޑޮލަރު އޭޓީއެމް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްއިރު މި ރަށް ވެސް އޭގެ ތެރޭގައި ހިމެނޭކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހަންޏާމީދޫއަކީ ގެސްޓްހައުސް އަދި ލޯކަލް ޓޫރިޒަމްގެ ސަބަބުން ގިނަ ރައްޔިތުންނަށް އާމްދަނީއާއި ފައިދާ ލިބެމުންދާ، ދައުލަތަށް ވެސް ބޮޑު އާމްދަނީއެއް ލިބެމުންދާ ރަށެއްކަމަށް ރައީސް ވިދާޅުވި އެވެ.

މި ރަށުގައި ދެއްކެވި ވާހަކައިގައި ރައީސް ވިދާޅުވީ ރައްޔިތުންގެ އެދުމުގެ މަތީން ލޯކަލް ޓޫރިޒަމް ކުރިއަރުވާ ރަށްރަށަށް އެކި ގޮތްގޮތުން މަގުފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށެވެ. އެގޮތުން، ރަށުގެ ކައިރީގައި އޮންނަ އުތުރު އަތަފަރު، ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، އެކަމުގެ ގަރާރު ނެރޭނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި މިއީ ރަށުގެ މި ވިޔަފާރީގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ވެސް ވަރަށް ބޮޑު އެދުމެކެވެ.

އަތަފަރު ތަރައްގީކުރުމަށް ސަރުކާރުން ފުރިހަމަ އެހީތެރިކަން ދޭނެ ކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ ގާނޫނީ، އިދާރީ އަދި އިޖުރާއީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދެވަނަކަމެއްގެ ގޮތުން ރައީސް އިއުލާނު ކުރެއްވީ ގެސްޓުން ގޮވައިގެން ގޮސް ބޭނުންކޮށްލެވޭނެ ވެލިކޮޅު ނުވަތަ ރަށް ނެތުމުގެ ދަތިކަމަށް ހައްލެއް ގެނައުމެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން، މާދުރުނޫން ހިސާބެއްގައި އޮތް އަލިކޮއި ރަށް، ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބަހައްޓައި، މި ރަށާއި ކައިރީގެ ރަށްރަށުގެ ރައްޔިތުންނަށް ގެސްޓުންނާއެކު ބޭނުންކުރުމަށް ކަނޑައަޅާ ހާއްސަ ރަށެއްގެ ގޮތުގައި ހަމަޖައްސާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ރަށް އެއްވެސް ފަރާތަކަށް ހަވާލުނުކުރާނެކަމަށް ހާމަކުރައްވައި ރައީސް ވިދާޅުވީ، ރަށް ބޭނުން ކުރެވޭނެ ގޮތުގެ ގަވާއިދު ޓޫރިޒަމް މިނިސްޓްރީން އިއުލާންކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: