ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއެއް އަންނަ އަހަރު ފަށަނީ!

ރައީސުލްޖުމްހޫރިއްޔާ، އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިން ދިވެހީންގެ ތެރޭގައި އޮތް އިހުތިރާމުކުރުމުގެ އާދަ އަނބުރާ ގެނައުމަށް، އަންނަ އަހަރު ގައުމީ މަޝްރޫއެއް ކުރިޔަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.

އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހިބަދޫގައި އޮތް ޖަލްސާގައި ރައީސް ވިދާޅުވީ ގައުމުގެ ނިޒާމު ތަރައްގީވާން ޖެހޭ ގޮތަށް، މީހުންގެ ވިސްނުމާއި އުޅުމާއި ގުޅުން ވެސް ތަރައްގީވާން ޖެހޭނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރިން ރާއްޖޭގައި މީހުންގެ މެދުގައި އޮންނަ ގާތްގުޅުމާއި އިހުތިރާމަކީ ފަހުރުވެރިކަމާ އެކު ބަލައިގަންނަ ކަމެއް ނަމަވެސް، ”ސިޔާސީ އޮއިވަރެއް“ ގެ ސަބަބުން އިހުތިރާމު ކުރުން ވަރަށް ބޮޑަށް ނެތިފައިވާކަން ފާހަގަކުރެވެއެވެ.

އެހެންކަމުން، ކުރިއެކޭ އެއްގޮތަށް ދިވެހީންނަކީ އިހުތިރާމު ކުރާ ބަޔަކަށް ހެދުމަށް ހުރިހާ ރައްޔިތުންނާއި ކަމާ ބެހޭ ހުރިހާ އިދާރާތަކެއްގެ އެއްބާރުލުން ބޭނުންވާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން ބޭނުން ވަނީ އަންނަ އަހަރުގެ ތެރޭގައި ”އިޙުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް“ ނުވަތަ ”ރެސްޕެކްޓް ކެމްޕެއިނެއް“ ފެށުމަށެވެ. މި މަޝްރޫއަކީ ގައުމީ ފެންވަރުގައި ހިންގޭނެ ވަރަށް ބޮޑު އަދި ބިޔަ މަޝްރޫއެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މިކަމަށް ގައުމުގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން މުހިންމު ކަމަށެވެ. ސިޔާސީ އޮއެވަރެއްގެ ސަބަބުން ގެއްލިގެން ދިޔަ މި ސަގާފަތް، އަލުން ދިރުވުމަށް ކުރާ މަސައްކަތުގައި އުންމީދަކީ މިކަން ބަދަލުކޮށް، ކުރީގައި ދިވެހީންގެ މެދުގައި އޮތް ގޮތަށް އތިރާމުގެ އާދަ އަނބުރާ ގެނައުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއީ ހުރިހާ ރައްޔިތުން ވެސް މިކަން ބޭނުންވާނެ ގޮތްކަމަށް ގަބޫލު ކުރައްވާކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: