ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނބުރުދޫ ރައްޔިތުންނަށް ރައީސް ދެއްވީ ނޮވެމްބަރު މަހު ބަނދަރުގެ މަސައްކަތް ފެށޭނެކަމުގެ ޔަގީންކަން

ރައީސުލްޖުމްހޫރިއްޔާ، އދ. ކުނބުރުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުނބުރުދޫއަށް ވަޑައިގެން އެ ރަށުގައި ކުރިޔަށް ގެންގޮސްފައި ވަނީ ރައްޔިތުންނާއި އެކު މަޝްވަރާ ބައްދަލުވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ރައްޔިތުންނަށް ގިނަ ވައުދުތައްވެފައިވާނެކަމަށެވެ. އަދި އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާއިރު ރައްޔިތުންނާއި ބައްދަލުކޮށް އެ ރަށެއްގެ ރައްޔިތުން އެދޭ ގޮތެއްގެ މަތީން ޕްރޮޖެކްޓުތައް ކުރިޔަށް ގެންދަން ބޭނުންވާކަމަށް ރައީސް ވިދާޅުވި އެވެ.

ކުނބުރުދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މިހާރު އޮތް ލޭންޑް ޔޫސް ޕްލޭންގެ ތެރެއިން ޖާގަ އޮތް މިންވަރު ބަލައި އަންނަ އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ހައުސިން ޔުނިޓުގެ މަޝްރޫއެއް ކުރިޔަށް ގެންދަވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ރަށުގައި މިއަދު ފެށިގެން ދިޔަ ހުރިހާ މަޝްރޫއެއް ވެސް އެއްވެސް ލަސްތަކެއް ނުވަތަ ހުއްޓުމެއް ނައިސް ކުރިޔަށް ދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވި އެވެ.

މި ބައްދަލުވުމުގައި ކުނބުރުދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މިއީ 16 އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަކު ރަށަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެއްކި މޫސާ ޖަމީލު ކިޔާ ރަށުގެ ރައްޔިތަކު ބުނީ ރައްޔިތުން އެދޭ ވަރަށް ގިނަ ކަންކަން މިއަދު ފެށިގެން ގޮސްފައިވާކަމަށެވެ. ބިން ހިއްކުމާއި، ބަނދަރުގެ މަސައްކަތް ކުރިޔަށް ގެންދިއުމާއި ގުޅޭގޮތުން ރައީސް ފާހަގަކުރައްވާފައި ވާތީ އޭނާ އެދުނީ ޕްރޮޖެކްޓު ފެށޭނެ ތާރީހެއް ދެއްވުމަށެވެ.

އެ ކަންބޮޑުވުންތަކަށް ރައީސް ވިދާޅުވީ، މިއަދު ސޮއިކުރެވުނު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އަންނަ ނޮވެންބަރު މަހު ފެށޭނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

ބިންހިއްކައި ނިމުމުގެ ކުރިންވެސް ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް އަންނަ އަހަރު ފައްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: