ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަނުގެ ވާހަކަ ދައްކަމުން، އެންމެ ބޮޑު ހިޔާނާތްތައް ހިންގީ އެމްޑީޕީ: ޝާހިދު

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު): ފޮޓޯ | މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އެންމެ ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާ އެމްޑީޕިއަށް، ކަންކަން އިސްލާހު ކުރުމުގެ ވާހަކަ ނުދެއްކޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ސަރުކާރުގެ ފެނަކަ ކޮރަޕްޝަނުގެ ހިޔާނާތުގެ މައްސަލަތައް ފެންމަތިވެފައި ވަނިކޮށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝާހިދު ވިދާޅުވީ [ ރާއްޖޭގައި ކޮރަޕްޝަންގެ ވާހަކަތައް ފެތުރީ އެފަދަ އަމަލުތައް ހިންގަން އެދުނު މީހުން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަކީ އަމާންކަންމަތީގައި އުޅެމުން އައި ރައްޔިތުންތަކެއް ދިރިއުޅެމުން އައިސްފައިވާ ގައުމެއްކަމަށް ވާއިރު ކޮރަޕްޝަނާއި އިސްލާހުގެ ވާހަކަތައް ދައްކައި ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ނަމުގައި އެވާޙަކަތައް ރައްޔިތުންގެ ތެރޭގައި ފަތުރާލިކަމަށެވެ.

ޝާހިދު ވިދާޅުވީ ކޮންމެ ސަރުކާރަކާއި މެދު ވެސް އެމްޑީޕީން ނަފްރަތު އުފެދޭ ގޮތަށް އެތައް ވާހަކައެއް ދެއްކިކަމަށެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތީމުގޭގައި ރަނުން ހަދާފައި ހުރި ފާހަނާ ތައްޓެއް ހުރިކަމަށް ބުނެ ވާހަކަތައް ފެތުރުިކަން ފާހަގަކުރެއްވި އެވެ. އަދި ކޮރަޕްޝަނަކީ ތަނެއްގައި ހުރި ފައިސާތަކެއް ނެގުން އެކަނިކަމަށް ހީވެފައި އޮތަސް މިފަދަ ވާހަކަތައް ފަތުރައި ނުބައި މިސްރާބަކަށް ގެންދިއުމަށް މަސައްކަތްކުރުމަކީވެސް ކޮރަޕްޝަންކަމަށް ޝާހިދު ވިދާޅުވި އެވެ.

ކޮރަޕްޝަން ވަރަށް ގިނަ ގޮތް ގޮތަށް މާނަކުރަންޖެހޭކަމަށް ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އޭރު ރާއްޖެއަށް އަދުލުވެރިކަމާއި އިންސާފު ގެނެސްދޭނެކަމަށް ބުނެ ބަޔަކު އައިއިރު ކޮރަޕްޝަންގެ އަމަލުތައް ހަގީގަތުގައި ހިންގީކަމަށެވެ. އަދި ރާއްޖޭގައި ބަޔަކަށް ހެޔޮލަފާ އެއްވެސް މީހަކަށް ވެރިކަން ކުރުމުގެ ފުރުސަތު ނުދީވެސް އުޅެމުންދަނީ އެމީހުންކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އިސްލާހީ ހަރަކާތުގެ ތެރެއިން ކޮރަޕްޝަން ހިންގުމަށްފަހު އެއީ ކޯއްޗެއްކަން ރައްޔިތުންނަށް ދަސްވެސްކޮށްދިންކަމަށެވެ. ރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ގިރިތަކުގެ ބޭނުން ހިފައިގެން އަވަށްޓެރި ގައުމުތަކާއި ގާތްތިމާގެ މީހުން ދެމެދު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރީ ވެސް އެމްޑީޕީކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން އެފަދަ ބަޔަކު މިއަދު އިސްލާހު ފަދަ ކަންކަމުގެ ވާހަކަތައް ދައްކަން ރަނގަޅު ނޫންކަމަށާއި ޕީއެންސީގެ މެމްބަރުން މަޖިލީހާއި ހިސާބަށް އައިސްތިބީ ކުށުގެ ރެކޯޑުތައް ސާފުކޮށްގެންކަމަށެވެ. އަދި ފަސް އަހަރުގެ ދައުރެއްގައި މެމްބަރެއްގެ މާލީ ހާލަތަށް އަންނަ ބަދަލުތަކަށާް ބެލުމަށްފަހު އަތުގައި ހިފުމަށްފަހު އެމީހަކު ކޮރަޕްޓުކަމަށާްވުމުން ވޯޓު ނުދޭން ބުނަންވީކަމަށާއި އެއްވެސް ހާލަތެއްގައި އޮޑިޓެއް ނޫނީ މާލީ ބަޔާނަކުން އެކަން ނުުކުރެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: