ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައީދުގެ މައްސަލަ ބެލިއިރު، ފެނަކަ ނިމާލްގެ މައްސަލައެއް ނުބެލުނު: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު ޖަލަށް ލުން ރަނގަޅު ކަމަށާއި، އެހެންނަމަވެސް އޭގެ ކުރިން ފެނަކައިގެ އެމްޑީކަމުގައި ހުރި މުހައްމަދު ނިމާލްގެ މައްސަލަ ކޮބައިތޯ މާފަންނު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މީކާއިލް ވިދާޅުވީ އެމްޑީޕީގެ ވެރިކަން އައުމުގެ ކުރިއަށް މި ރާއްޖެއަކީ ކޮރަޕްޝަން ނެތް ގައުމެއް ކަމަށް ބައެއް މެމްބަރުން ބުނަމުން ދާތީ ހައިރާންވާ ކަމަށެވެ. 2008ގެ ކުރިން އޭރުގެ އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓު ވެސް ކިޔާފައި ނުވާކަމަށް މީކާއިލް ވިދާޅުވިއެވެ.

2008 ވަނަ އަހަރު އޭރުގެ މަޖިލީހުގެ މެމްބަރެއްގެ މެޑިކަލް ހަރަދުތަކަށް 20،000 އެއްހާ ޑޮލަރު  ސިންގަޕޫރު ޑޮލަރު ތީމުގޭ ބަޖެޓުން ހަރަދުކުރެއްވުމަކީ އެއީ މާ ނަޒާހާތްތެރިކަމެއް ކަމަށް ދެކޭކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ޝޮޕިންގ ޓްރިޕްތަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދު ކުރުމަކީވެސް މާ ނަޒާހާތްތެރި ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

2008ގެ ފަހަށް ހަމައެކަނި އައި ބަދަލަކީ، ހަމައެކަނި ތަފާތަކީ ބަޔަކަށް އެ ވާހަކަތައް ދައްކަން ކެރުން. އެ ވާހަކަ ދައްކަން ކެރުން. އެވާހަކަ ދައްކާ މީހާ، ޖަލަށްގެންދިއުން ހުއްޓުވުން. އެ މިނިވަންކަން ރައްޔިތުންނަށް، އާދައިގެ ދިވެހިރައްޔިތު މީހާއަށް ގެނެސްދެވުން. އެއީ ކޮރަޕްޝަނާއި ދެކޮޅަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން، މި ރާއްޖެއަށް ތައާރަފްކުރި އެންމެ ފުރަތަމަ ފިޔަވަޅަކީ“

މެމްބަރު ވިދާޅުވީ ބައެއް މެމްބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށް ވިދާޅުވާތީ ސުވާލު އުފެދޭ ކަމަށެވެ. ކޮރަޕްޝަންގެ އެކި ތުހުމަތުތައްވެސް ކުރެވޭ ކަމަށާއި، އަދި އެ ތުހުމަތުތައް ކުރައްވީ މެމްބަރު ގާސިމް ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ ދިމްޔާތުގެ ބިލްޑިންގ ހެދުމަށް ފައިސާ ހަރަދުކުރީ ކިހިނެތް ކަމާއި މެދު، ގާސިމް ސުވާލު އުފެއްދެވި ކަމަށެވެ. މީކާއިލް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މޮޔައިން ނޫން ކަމަށާއި އަދި ކަންކަން ހިނގަމުންދާ މަންޒަރުވެސް ފެންނާނެ ކަމަށެވެ.

ދާދިފަހުން މަޖިލީހުގެ ބައެއް މެމްބަރުންގެ ރިޕޯޓުތައް އެމްއެމްއޭގެ އިންޓެލިޖެންސް ޔުނިޓުން ރިޕޯޓު ހެއްދެވިއިރު، އޭސީސީން އެ ތަހުގީގު ދޮޅުއަހަރު ކުރާ ކަމަށް ވިދާޅުވެ އެ މެމްބަރާއި އަދި ސުވާލުވެސް ކޮށްފައި ނުވާ ކަމަށެވެ. މެމްބަރު ވިދާޅުވީ ކޮރަޕްޝަން ފްރީ ސަރުކާރެއްގައި ކަންކަން ވަމުން އަންނާނެ ގޮތަކީ އެއީ ތޯ މީކާއިލް ވަނީ ސުވާލު އުފައްދަވާފައެވެ.

ފެނަކަ ސައީދު ޖަލަށް ލުން ރަނގަޅު ކަމަށާއި، އެހެންނަމަވެސް އޭގެ ކުރިން ފެނަކައިގެ އެމްޑީކަމުގައި ހުރި ނިމާލްގެ މައްސަލަ ކޮބައިތޯ މެމްބަރު މީކާއިލް ސުވާލު އުފެއްދިއެވެ. އެ މައްސަލަ އަދިވެސް ކޯޓުތަކާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަންމަނީ ކަމަށް މީކާއިލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: