ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ ހައްގުގައި ކުރަމުންދާ މަސައްކަތްތައް ރާއްޖެއިން ހުއްޓާނުލާނެ: ރައީސް

ރާއްޖެއާއި ފަލަސްތީނުގެ ރައީސް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި ކުރަމުންދާ މަސައްކަތްތަކުގެ މަތީގައި ދެމިތިބޭނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތުރުކީގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ފަލަސްތީނުގެ މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ދައުލަތެއް މިނިވަންކަމަށް ބަލަނީ އެ ގައުމުގެ ބޮޑުމިން ނޫނީ އަސްކަރީ ގާބިލުކަމުގެ ގޮތުން ނޫންކަމަށެވެ. އަދި އެއީ އެއް ވިސްނުމެއްގެ މަތީގައި ތިމިތިބުމުގެ ގާބިލުކަން ހުރުންކަމަށެވެ.

ރައީސް ވިދާޅުވީ، ކުށްވެރިކޮށް ބަޔާންތަކެއް ނެރުމަށްވުރެ ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަން ރާއްޖެއިން ދެކޭކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތައް އެންމެންގެ މައްޗަށްވެސް ތަންފީޒުވެގެންދާކަން  ކަށަވަރުކުރަންޖެހޭކަމަށެވެ. ރައީސް ވިދާޅުވީ، އެއް މިންވަރެއްގައި ސިޔާސީގޮތުން ޕްރެޝަރުކޮށްގެންނާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އިސްރާއީލު ޖަވާބުދާރީކުރުވަންޖެހޭކަމަށެވެ. އަދި ހިންގާފައިވާފަދަ ޖަރީމާތަކެއް ހިންގުން ބަލައިނުގަންނާނެކަން ސާފުކޮށްދޭންޖެހޭކަމަށެވެ.

ރައީސް ވިދާޅުވީ، މިހާރު އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެކަމަށެވެ. އަދި ރާއްޖެއިންވަނީ އައިސީޖޭގައި އިސްރާއީލާއި ދެކޮޅަށް އޮތް ކޭސްގައިވެސް ބައިވެރިވެފައިކަމަށާއި 1967 ވަނަ އަހަރުގެ ކުރީގައި ބޯޑަރުތައް އޮތް ގޮތަށް ނިސްބަތްކޮށް އެއީ ފަލަސްތީނުގެ ގޮތުގައި ރާއްޖެއިން ބަލައިގަންނަމުންދާނެކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތްތައް މެދުކެނޑިގެން ނުދާކަން ކަށަވަރުކުރާނެކަމަށެވެ. އަދި އިންސާފު ގާއިމުކުރެވިގެންދާކަން ކަށަވަރުކުރުމުގައިވެސް ދެމިތިބޭނެކަމަށެވެ. އެހެންކަމުން ފަލަސްތީނު މިނިވަންވަންދެން ރާއްޖެއިން މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށެވެ.

ރައީސް ވިދާޅުވީ، އދ ފަދަ ތަންތަނާއި ބައިނަލްއަގުވާމީ ކޯޓުތައްވެސް ބަލިކަށިވެފައިވާކަމަށެވެ. އަދި އެކަން ދިމާވަނީ ބާރުގަދަ ބައެއް  ގައުމުތަކުން އެ މުއައްސަސާތަކަށް ރަނގަޅަށް ހިނގުމަށް ޖާގަ ދޭން ނޭދޭތީކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: