ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓުތަކުގެ އޮކިއުޕެންސީ ދަށަށް ގޮސް، ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީ އިތުރުވެއްޖެ

ހުސްވި މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތަކުގެ އޮކިއުޕެންސީ ދަށަށް ގޮސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިކަން ހާމަވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުންނެވެ.

އެގޮތުން  މި އަހަރުގެ ޖެނުއަރީ އިން އޮގަސްޓްގެ ނިޔަލަށް ރިސޯޓުތަކުގެ އޮކިއުޕެންސީ ހުރީ 68.9 އިންސައްތައިގައިކަމަށްވާއިރު، މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 73.9 އިންސައްތައިގައެވެ.

ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ހުރީ 34.2 އިންސައްތައިގައި ނަމަވެސް އެ އަދަދު މި އަހަރުގެ މި މުއްދަތުގައި ވަނީ 40.9 އިންސައްތައަށް އިތުރުވެފައެވެ. ހޮޓާތަކުގެ އޮކިއުޕެންސީ 27.1 އިންސައްތައިން 34.1 އިންސައްތައަށް އިތުރުވި ނަމަވެސް ސަފާރީ އުޅަނދުތަކުގެ އޮކިއުޕެންސީ ވަނީ 25.4 އިންސައްތައިން 22.5 އިންސައްތައަށް ދަށްވެފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ އޮގަސްޓްގެ ނިޔަލަށް ރާއްޖޭގައި 175 ރިސޯޓާއި 843 ގެސްޓްހައުސް އާއި 16 ހޮޓާގެ އިތުރުން 158 ސަފާރީ އުޅަނދު، ޓޫރިޒަމްގެ ބޭނުމަށް ދިޔައީ ބޭނުންކުރަމުންނެވެ.

މި މުއްދަތުގައި ރިސޯޓްތަކުގައި ހުރީ 43،589 އެނދެވެ. ގެސްޓްހައުސްތަކުގައި 14،372 އެނދު ހުރިއިރު ހޮޓާތަކުގައި 2،230 އެނދު އަދި ސަފާރީ އުޅަނދުތަކުގައި 3،159 އެނދު ހުއްޓެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު 1.63 މިލިއަނަށްވުރެ އިތުރު އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރިކަމަށް ދައްކައެވެ. އަދި މީގެ ތެރެއިން 1.2 މިލިއަނަށް ވުރެ އިތުރު އަދަދެއް ނުވަތަ 73.5 އިންސައްތަ ޒިޔާރަތްކުރީ ރިސޯޓުތަކަށްކަމަށްވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިންނެވެ. އެއީ ޖުމުލަ އަދަދުގެ 16 އިންސައްތައެވެ. އަދި ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 12.1 އިންސައްތަ ފަތުރުވެރިންނެވެ.

2024 އާއި އަޅާބަލާއިރު ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު 9.7 އިންސައްތަ އިތުރުކަން ވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އަދި މި މަހުގެ ތެރޭގައި އައި މިންވަރުވެސް 13 އިންސައްތަ އިތުރުކަމަށާއި ދުވާލެއްގެ މައްޗަށް 4،962 ފަތުރުވެރިން އައިސްފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

މީގެއިތުރުން ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ގެސްޓްހައުސްތަކަށެވެ. ސަފާރީތަކަށާއި ހޮޓެލްތަކަށް ޒިޔާރަތްކުރަނީ ދާދި އެއް މިންވަރަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: