ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމަލުތައް ރަނގަޅު ގޮތުގައި ބައްޓަން ނުކުރެވޭނަމަ ބޮޑެތި އިމާރާތްތަކެއްގެ ބޭނުމެއް ނެތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އިމާރާތްތައް 50 ބުރިއަށްވެސް ހެދިދާނެ ކަމަށާއި އެހެންނަމަވެސް އަމަލުތައް ރަނގަޅު ގޮތުގައި ބައްޓަން ނުކުރެވޭނަމަ އެ އިމާރާތްތައް ހެދުމުގެ ބޭނުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކުރިން ދިވެހީންގެ ތެރޭ އޮތް ރީތި އާދަތައް ވެެސް އަނބުރާ ގެންނަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެ ފަދަ އެއް ކަމަކީ މަގުރިބު ނަމާދާއި އިޝާ ނަމާދާ ދޭތެރޭ ނުވަތަ އާންމުކޮށް ކިޔައި އުޅޭ ދެ ނަމާދު ދޭތެރޭ ގުރުއާން ކިޔެވުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މިސްކިތްތަކުގައި ކިޔަވަން ތިބުމާއި ގޭތެރޭ ވެސް ކިޔަވަން ތިބުމަކީ ކުރިން ފެންނަ މަންޒަރެއް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިއަދު އެންމެން ވެސް އުޅެނީ އެކި މަސައްކަތްތަކުގައި އަވަދަނިތި އުޅެންޖެހޭ ވަގުތު ހުސްކުރަން ދަތި ދިރިއުޅުމެއް ކަން ފަހަގަކުރައްވައި ރައީސް ވިދާޅުވީ އެ އާދަ މިއަދު ނުފެންނަ ކަމަށެވެ.

ރައީސް ވިދާޅުވީ އެއީ ރަނގަޅުކަމެއް ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. ވަގުތަކީ ވަރަށް ކުޑައެއްޗެއް ކަމަށާއި، އެންމެން އަމިއްލަ ދިރިއުޅުމާއި އާމްދަނީ ހޯދުމުގައި އަވަދިނެތި އުޅޭ ކަމަށެވެ. އެހެންނަމަވެސް އެންމެ އިސްކަމެއް ދޭންވީ މިކަމަށް ކަމަށާއި، އެކަމަށް ވަގުތު ހުސްކުރަން ޖެހޭނެ ކަމަށެވެ.

”އެއީ އިސްލާމް ދީނުގައި އަންގަވާފައިވާ އަޅުކަންތައް ކުރުމުގައި، ގުރުއާން ކިޔެވުމުގައި. އިސްލާމް ދީނުގައި އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ވެފައިވާ ކަންކަމަކީ ވަގުތު ނެތިގެން ގޮސް ފަހަތައް ގޮސް އެކަންކަމަށް ފަރުވާ ކުޑަ ކުރާ ކަންކަމަށް ވެއްޖިއްޔާ މި ގައުމުގައި އަޅުގަނޑުމެންގެ މި މުޖުތަމައުގެ ތެރޭގައި އުފާ ފާގަތިކަމެއް، އަމާން ކަމެއް ނޯންނާނެ“

ރައީސް ވިދާޅުވީ ދެކެވަޑައިގަންނަން ބޭނުންފުޅުވާ ތަރައްގީއަކީ މާނަފުން، ވަށާ ޖެހޭ ތަރައްގީއެއް ކަމަށެވެ. އިމާރާތްތައް 50 ބުރިއަށްވެސް ހެދިދާނެ ކަމަށާއި އެހެންނަމަވެސް އަމަލުތައް ރަނގަޅު ގޮތުގައި ބައްޓަން ނުކުރެވޭނަމަ އެ އިމާރާތްތައް ހެދުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ 100 އިންސައްތަ މުސްލިމް ގައުމަކަށް ވާއިރު، އިމާރާތްތަކާއި، އަތުން ހިފޭ ތަރައްގީއަށް ވުރެ ބޮޑަށް ދެން ދާން އޮތް ދުނިޔެއަށް ތައްޔާރުވުމަށް ހާއްސަ އިސްކަމެއް ދޭން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވަށާ ޖެހޭ ތަރައްގީއަކީ ވިސްނުމާއި ސިކުންޑީތައް ތަރައްގީ ވުން ކަމަށެވެ. އަދި އަމަލާއި ބަސް ދީނުގައި އަންގަވާފައިވާ މަގުން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: