ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލާފައިވާ ޕްލޭންގެ ފުރަތަމަ މަރުހަލާ ތަންފީޒުވާން ފެށުމުން އެކަމަށް ދިވެހި ސަރުކާރުން މަރްހަބާ ކިޔައިފި

ރާއްޖެއާއި ފަލަސްތީނުގެ ރައީސް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް އިސްވެ ހުންނަވައިގެން އެކުލަވާލާފައިވާ ޕްލޭންގެ ފުރަތަމަ މަރުހަލާ ތަންފީޒުވާން ފެށުމަށް އެއްބަސްވުމަކާ ހަމައަށް އާދެވުމުން އެކަމަށް ދިވެހި ސަރުކާރުން މަރްހަބާ ކިޔަމެވެ.

މި އެއްބަސްވުމަކީ ދާއިމީ ހަމަޖެހުމެއް ގެނެސްދީ ފަލަސްތީނުގެ ރައްޔިތުން އެތައް އަހަރުތަކެއް ވަންދެން ކެނޑިނޭޅި ތަޙައްމަލު ކުރަމުންދިޔަ ވޭނަށް ކުޑަމިންވަރެއްގެ ލުޔެއް ލިބުނު ކަމެއްކަމަށާއި، އަދި ދެމެހެއްޓެނިވި ސުލްހައާއި ހަމަޖެހުން ގެނެސްދިނުމަށް އެޅިގެން ދިޔަ ފިޔަވަޅެއް ކަމަށް ދިވެހި ސަރުކާރުން ދެކެމެވެ.

ސުލްއަށް ވާޞިލުވުމަށްޓަކައި، މަސައްކަތް ކުރެއްވި ޤައުމުތަކުގެ މަސައްކަތް ދިވެހި ސަރުކާރުން ފާހަގަކުރަމެވެ. އިސްރާއީލުންވަނީ މީގެ ކުރިންވެސް ތަފާތު އެކި ފަހަރުމަތީން ސުލްހަ ގާއިމުކުރަން ވި އެއްބަސްވުންތަކާ މުޅިން ހިލާފުވެފައެވެ.

މި އެއްބަސްވުމަށް އިސްރާއީލުން ފުރިހަމައަށް އިޙްތިރާމް ކުރުމަށް ދިވެހި ސަރުކާރުން ގޮވާލަމެވެ. ބައިނަލް އަޤްވާމީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ އިސްރާއީލުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭކަމަށްވެސް ދިވެހި ސަރުކާރުން ދެކެމެވެ.

ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެއެވެ. މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކެމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: