ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުންވަނީ ވީހާވެސް ފުރިހަމަ މަސައްކަތްތަކެއް ކޮށްދޭން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނާއި ބައްދަލުކުރައްވައި މަސައްކަތްތައް ތަރުތީބުކުރައްވަމުންދަނީ ރައްޔިތުންގެ ގާތުން އޮޅުން ފިލުވައިގެން ވީހާވެސް ފުރިހަމަ ގޮތެއްގެ މަތިން ކަންކަން ކުރިއަށް ގެންދިއުމުގެ ނިޔަތުގައިކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ށ ފީވަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރަށުގެ ތަރައްގީގެ ދުވެލީގައި އިތުރު ހަލުވިކަމެއް ގެނެސްދީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދައިދިނުމާއި އެހެނިހެން ކަންކަންވެސް ހަމަޖައްސައިދިނުމަކީ ޒިންމާއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން އެ މަސައްކަތްތައް އިސްވެ ދެންނެވި ގޮތުގެ މަތިން ކުރިއަށް ގެންދަމުންދާކަމަށާއި މި ދަތުރުގައި ރައްޔިތުންނާއި ބައްދަލުކުރައްވަން ވަޑައިގެންނެވީ ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ ގާތުން އޮޅުން ފިލުވައިގެން ވީހާވެސް ރަނގަޅަށް އެކަންކަން ފުރިހަމަކޮށްދިނުމުގެ ނިޔަތުގައިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކަންކަން މީގެ ކުރިންވެސް ކައުންސިލާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން ތަފްސީލުކޮށްދެވިފައިވާކަމަށެވެ. އޭގެ އިތުރުންވެސް ވަރަށް ގިނަ ކަންކަން އޮޅުން ފިލުއްވުމުގެ މަަސައްކަތްތައް ކުރެއްވިކަމަށާއި މި ޒިޔާރަތުގެ ތެރެއިން ފެށިގެން ގޮސްފައިވާ ކޮންމެ މަޝްރޫޢުއަކީވެސް އެކަމެއް ނިމުމާއިއެކު ރައްޔިތުންނަށް ބޮޑެތި ކުރިއެރުންތައް އަންނާނެ ކަންކަން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ފީވަކުގެ ރައްޔިތުންނަށް ބޭނުންޖެހިފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ސުކޫލުގެ މަސައްކަތްތައް ހިމެނޭކަމަށާއި އެއީ ވެވަޑައިގެންނެވި މުހިންމު ވައުދެއްކަމަށެވެ. ބިނާކުރުމަށް ކަނޑައެޅިފައިވާ ސުކޫލަކީ ޖާގައިގެ ތަނަވަސްކަން ހުންނަ ގޮތަށް ތައްޔާރުކުރެވޭ ތަނެއްކަމަށް ހިއްސާކުރައްވާ ރައީސް ވިދާޅުވީ، އެއީ ރަށުގެ ތައުލީމީ މަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ގެންނާނެ މަސައްކަތްތަކެއް ކަމަށެވެ.

އެހެންކަމުން އެ މަޝްރޫޢު ވަރަށް ފުރިހަމައަށް ހަލުވިކަމާއިއެކު ކުރިއަށް ގެންގޮސް ނިންމައިދެއްވާނެކަމަށާއި ނަތީޖާއެއްގެ ގޮތުން ރަނގަޅު ފެންވަރުގެ ސުކޫލެއް ރައްޔިތުންނަށް ލިބޭގޮތް ވެގެންދާނެކަމަށެވެ. ރައީސް ވިދާޅުވީ، އިތުރަށްވެސް ހުރީ މުހިންމު މަސައްކަތްތަކެއްކަމަށާއި މީގެ ކޮންމެ މަސައްކަތަކީވެސް ރައްޔިތުންނަށް ލުއިތަކެއް ހޯދައިދިނުމަށްޓަކައި އަމާޒުކުރެވިގެން ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: