ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ގޭމާސް ގިލްޑް އާއި މިނީސޯއާއި ގުޅިގެން ”ވަން ޕީސް“ގެ ހާއްސަ ގިފްޓް ބޮކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި އެ ކުންފުނީގެ ޕްރިމިއަމް ޕަރޓްނަރ ކަމުގައިވާ މިނީސޯއާ ގުޅިގެން މަގުބޫލު އެނިމޭ ސިލްސިލާ ”ވަން ޕީސް“ގެ ހާއްސަ ގިފްޓް ބޮކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މި ގިވްއަވޭގައި ގުރުއަތުން ހޮވޭ ތިން ނަސީބުވެރިންނަށް ”ވަން ޕީސް“ ގިފްޓް ބޮކްސްގެ އިތުރުން 50 ޑޮލަރުގެ ޕްލޭސްޓޭޝަން (ޔޫއެސް) ގިފްޓް ކާޑެއް ލިބިގެންދާނެއެވެ. މިއީ މިނީސޯއިން ”ވަން ޕީސް“ ކަލެކްޝަން ތައާރަފްކުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.

މި ގިވްއަވޭގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން dgg.mv އަދި soneesports.com އަށް ސައިން-އަޕް ކުރުމާއެކު، ޑީޖީޖީގެ އިޖްތިމާއީ ވިއުގަތަކުގައިވާ އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޭސްބުކް އެކައުންޓްތައް ފޮލޯކޮށް، ގިވްއަވޭގެ ސޯޝަލް މީޑިއާ ޕޯސްޓް ޝެއަރކުރަން ޖެހެއެވެ. މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު 17 އޮކްޓޫބަރު 2025ގެ ނިޔަލަށް އޮންނާނެއެވެ.

ޑީޖީޖީއިން ދަނީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބޭއްވުމާއި، ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދިނުމާއި، އެ ފަރާތްތަކުގެ ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދިނުން ހިމެނެއެވެ.

މި ގިވްއަވޭއަކީ ޑީޖީޖީއިން ގޭމިންގ ކޮމިއުނިޓީއަށް ގެނެސްދޭ އައު ފުރުސަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި މިފަދަ ޕްރޮމޯޝަންތަކަކީ ރާއްޖޭގެ ގޭމިންގ ދާއިރާ އިތުރަށް ކުރިއެރުވުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: