ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

716 ބައު އުޅަނދެއްގެ މައުލޫމާތު އެޗްޑީސީއާއި ގުޅީގެން ފުލުހުން ނަގަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ހަލާކުވެފައިވާ އަދި ބޭނުންނުކުރާތާ ގިނަ ދުވަސްވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ފުލުހުން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިދިޔަ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މި މަސައްކަތުން ޖުމްލަ 716 އުޅަނދު ދެނެގަނެވިފައިވެއެވެ. މީގެ ތެރޭގައި ކާރު، ސައިކަލް، ޕިކަޕް އަދި ވޭން ފަދަ އެކި ބާވަތުގެ އުޅަނދުތައް ހިމެނެއެވެ. އަދި މި އުޅަނދުތަކާ ގުޅޭ މައުލޫމާތު ކަމާބެހޭ އިދާރާތަކާ ހިއްސާކުރެވިފައިވާކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިއީ ހުޅުމާލޭގެ މަގުތައް ތަރުތީބުކޮށް، އަމާން އަދި ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށް ފުލުހުންނާއި، އެޗްޑީސީ، ޓްރާންސްޕޯޓް މިނިސްޓްރީ އަދި އެހެނިހެން ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ.

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކާމެދު ފިޔަވަޅު އެޅުމާއި، ބޭނުންނުކުރާ ބާ އުޅަނދުތައް ނެގުމުގެ މަސައްކަތަކީ ފުލުހުން އަބަދުވެސް ކުރަމުންދާ މަސައްކަތެކެވެ. މި ގޮތުން މިދިޔަ އޮގަސްޓު މަހު އެކަނި ވެސް މާލޭގެ މަގުތަކުން 200 އަށްވުރެ ގިނަ ބާ އުޅަނދު ނަގާފައިވާކަން ފާހަގަކުރެވެއެވެ.

މި މަސައްކަތުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގައި ދިމާވެފައިވާ ޕާކިންގގެ ދަތިކަން ޙައްލުވެ، މަގުތަކުގެ ސާފުތާހިރުކަން އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: