ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ޚިޔާލު ހޯދުމުގެ އާންމު ވޯޓު: ރީ ރެޖިސްޓްރޭޝަންގެ މުއްދަތު އިތުރުކޮށްފި

އައްޑޫ ސިޓީ ކައުންސިލް އިމާރާތް/ ފޮޓޯ: އައްޑޫ ލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ހުޅުދޫއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށް އެއް ކައުންސިލް ”ހުޅުމީދޫ ކައުންސިލް“ އުފައްދަން ފެނޭތޯ ބެލުމަށް އާންމު ރައްޔިތުންގެ ވޯޓު ނެގުމަށް ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ވޯޓު ލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ރީރަޖިސްޓްރީވާން ފުރަތަމަ ހުޅުވާލި މުއްދަތު ވަނީ އިއްޔެ 18:00އަށް ހަމަވެފައެވެ. އެހެންނަމަވެސް އެ މުއްދަތު މިހާރު އީސީން އިތުރުކޮށްފައިވާއިރު، މާދަމާގެ 18:00ގެ ކުރިން ރީރަޖިސްޓްރީވެވޭނެއެވެ. އެގޮތުން، ރީރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރީ ރަޖިސްޓްރޭޝަން ޕޯޓަލް ނުވަތަ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އީސީން ވަނީ ބުނެފައެވެ.

މި އިންތިޚާބުގައި ރަޖިސްޓަރީ ވާނީ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ގައި ވޯޓުލާން ރަޖިސްޓަރީކުރި ފަރާތްތަކުގެ ތެރެއިން، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށްނަގާ ޢާންމު ވޯޓުގައި ވޯޓުދިނުމުގެ ޙައްޤުލިބޭ ފަރާތްތައް، ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ގޮތުގެ ތަފްސީލުތައްވެސް އީސީން ވަނީ ހާމަކޮށްފައެވެ.
އެގޮތުން ބަލާއިރު، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މި ވޯޓުގައި ރަޖިސްޓަރީ ވެފައިވާނީ މާލެއަށެވެ. އަދި އައްޑޫ ސިޓީގެ ފޭދޫގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫގެ ރައްޔިތުން މި ވޯޓުގައި ރަޖިސްޓަރީ ވެފައިވާނީ ފޭދޫއަށެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ އައްޑޫ ސިޓީގެ ފޭދޫގެ ރައްޔިތުން މި ވޯޓުގައި ރަޖިސްޓަރީ ވެފައިވާނީ ހުޅުދޫ/މީދޫއަށެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ވާނީ އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: