ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނގިރޭޓު ކޮންޓެއިނާ ވަގަށް ނެގި މައްސަލައިގެ ތަހުގީގަށް ގިނަ މަސައްކަތްތައް ދަނީ ކުރިޔަށް: ފުލުހުން

ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓުތަކެއް/ ފޮޓޯ: ކަސްޓަމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް، މިދިޔަ އޭޕްރިލް މަހު ހިފެހެއްޓި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެމްޕީއެލް ބަނދަރުން ގެއްލުނު މައްސަލައިގެ ތަހުގީގަށް ގިނަ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ބުނެފި އެވެ.

40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓު ގެއްލިފައިވާކަމަށް މީޑިއާތަކުގައި ފެންމަތިވީ މީގެ ހަފްތާއެއް ކުރީންނެވެ. މިއީ އާދައިގެ މައްސަލައެއް ނޫންކަން ފާހަގަކޮށް މިކަމުގައި ޝާމިލުވާ މީހުން ހައްޔަރު ކުރުމަށް ގޮވާލަމުން ދަނިކޮށް 12 މީހެއްގެ ފުރުން މަނާކޮށް، 04 މީހަކު ފުލުހުން ހައްޔަރު ކުރި އެވެ.

މި މައްސަލައިގައި ފުލުހުން ވަނީ މަޝްހޫރު ދެ ވިޔަފަރިވެރިއަކު ހިމެނޭ ގޮތަށް، ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ މި އަމަލު ރާވައި ފަންޑު ކުރިކަމުގެ ތުހުމަތު ކުރެވޭ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ. މި ދެ މީހުން ވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ.

މައްސަލައިގައި ދެން ހައްޔަރު ކުރީ ކަސްޓަމްސްގެ އިސް މުވައްޒަފެއްކަމަށްވާ ޒިވާރު އިސްމާއިލް އެވެ. އަދި އެމްޕީއެލްގެ އިސް މަގާމެއްގައި ހުރި މުއާޒު އަލީ އެވެ.

ވަގަށް އެތެރެ ކުރަން އުޅުނު މި ސިނގިރޭޓު ކޭސްތަކުން ދައުލަތަށް ޑިއުޓީއެއްގެ ގޮތުގައި ލިބެން ޖެހޭ އަދަދު 122 މިލިއަން ރުފިޔާއަށް އަރަ އެވެ.

މައްސަލައިގެ ތަހުގީގަށް މާލޭގެ އެކި ސަރަހައްދުތައް ވެސް ބަލައި ފާސްކޮށްފައި ވެއެވެ. އަދި މިއަދުގެ ވަގުތެއްގައި ކ. ތިލަފުށީގައި ފުލުހުން ހަރަކާތްތެރިވަމުން ދާތީ، އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ބުނީ ތަހުގީގަށް ކުރިޔަށް ގެންދާ ވަކިވަކި އޮޕަރޭޝަންތަކުގެ މައުލޫމާތު ހިއްސާ ކުރެވެން ނެތްކަމަށެވެ.

ފުލުހުން ބުނީ، މައްސަލައިގެ ތަހުގީގުގައި ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި ތަހުގީގުގެ ބޭނުމަށް ކުރަމުންދާ ވަކިވަކި މަސައްކަތްތަކާއި ގުޅޭ މައުލޫމާތު މިވަގުތަށް ހާމަކުރެވެން ނެތްކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ޖުމްލަ ތަހުގީގާއި ގުޅޭ ގޮތުން ހާމަކުރެވެން ހުރި މައުލޫމާތުތައް، ހިއްސާ ކުރަމުންދާނެކަމަށް ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ، މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މިވަގުތު މައުލޫމާތު ނުދެވޭނެ ކަމަށެވެ. ނަމަވެސް، ތަހުގީގު ކުރިއަށްދާ މިންވަރަކުން، ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު އާންމު ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

މައްސަލައިގައި ތަފާތު އެކި ވާހަކަތައް ދެކެވޭއިރު، ކަސްޓްމްސްއާއި އެމްޕީއެލްގެ މުވައްޒަފުންތަކެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި ބޮޑު ދެ ކޮންޓެއިނާއެއް ހުސް ކުރިއިރު ވެސް މުވައްސަސާތަކަށް އެކަން ނޭނގި އޮތުމުން، އެކަމާ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކަމާއި ގުޅުން ހުރި ފަރާތްތަކާއި އަންނަ ހަފްތާގައި ބައްދަލު ކުރުމަށް ވަނީ ނިންމާފަ އެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: