ޕެންޝަން އޮފީސް ބޭނުންކޮށްގެން ފައިސާ ޗާޕުނުކޮށް ގާނޫނާއި ގަވާއިދުގެ ތެރެއިން އެކަން ކޮށް ރައްޔިތުންނަށް އެކަން އަންގަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ޕެންޝަން އޮފީސް ބޭނުންކޮށްގެން ފައިސާ ޗާޕުކުރުމުން އެ އޮފީހުގެ އިތުބާރު ގެއްލި ޕެންޝަން ފަންޑު ނުރައްކަލަކަށް ހުށައެޅޭ ކަމަށެވެ. އަދި އެކަން ކުރާންޖެހޭނީ ގަވާއިދުގެ ތެރެއިން، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ފައިސާ ޗާޕުކުރުމުން ރުފިޔާގެ އަގު ވެއްޓި، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވާނެ ކަމަށެވެ. ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ މިކަންކަމަކީ ރައްޔިތުންނަށް އެނގެން ޖެހޭ ކަންކަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

