ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެމިލީ ކޯޓަށް ދެ ގާޒީން އައްޔަނު ކުރައްވައިފި

ފެމިލީ ކޯޓަށް 2 ގާޒީން އައްޔަނު ކުރައްވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ފެމިލީ ކޯޓަށް 2 ގާޒީން އައްޔަނު ކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބޭއްވި ރަސްމިއްޔާތެއްގައި ފެމިލީ ކޯޓުގެ ގާޒީކަމަށް އައްޔަނު ކުރައްވާފައިވަނީ އަހުމަދު މައުސޫމް، ހަވީރީމަންޒިލް/ލ. މާބައިދޫ އަދި މުހައްމަދު ޒާހިދު، އިލާޒާ/ރ. ހުޅުދުއްފާރު އެވެ.

އެ ދެބޭފުޅުންނަށް މަޤާމުގެ ހުވާ ލާދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދެވެ. އެއަށްފަހު ޖޭއެސްސީން ވަނީ އެ ބޭފުޅުންނަށް މަރުޙަބާ ކިޔާފައެވެ.

ފެމިލީ ކޯޓުގެ ގާޒީކަމުގެ ދެ މަޤާމެއް ހުސްވީ އެ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު ހައިކޯޓަށް ދާދި ފަހުން އައްޔަނު ކުރެއްވުމާއި، ގާޒީ އަހުމަދު މުސްތަފާ ޝަރުއީ ދާއިރާއިން ރިޓަޔަރ ކުުރެއްވުމާއި ގުޅިގެންނެވެ.

ގާޒީ މައުސޫމަކީ ފެމިލީ ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމު 2020 ވަނަ އަހަރުން ފެށިގެން އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ އަޒްހަރު ޔުނިވާސިޓީން ބެޗެލާ އޮފް އާޓްސް އިން ސޯޝަލް ސާވިސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހާސިލުކުރައްވައި، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ބެޗެލާސް އޮފް ޝަރީއާ ވިތު އޮނާސް ހާސިލުކުރައްވާފައެވެ.

މީގެ އިތުރުން، ގާޒީ ޒާހިދު ވަނީ ޑެޕިއުޓީ ސްޓޭޓް އެޓާނީއެއްގެ ގޮތުގައި 2011 އިން 2013ގެ ނިޔަލަށް އޭޖީ އޮފީހުގައި މަސައްކަތް ކުރައްވައި، ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މަޤާމުވެސް އަދާ ކުރައްވާފައެވެ. އަދި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 6 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: