ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުރައްކާތެރި ބިލުތައް ހުށައަޅައިގެން ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ ޓޫރިޒަމް ފުނޑާލަން: ޑރ ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނުރައްކާތެރި ބިލުތައް ހުށައަޅައިގެން ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ ޓޫރިޒަމް ފުނޑާލަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަމްހީދު މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނަށް ހުށައަޅާފައި އޮތް އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

މިއީ ވަކި ބަޔަކަށް މަންފާތަކެއް ހޯދައިދިނުމަށްޓަކައި، ބޮޑެތި އޮޅުވާލުންތަކަކަށް މަގުފަހިކުރުމަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައި އޮތް ބިލެއްކަމަށް ޑރ ޝަމްހީދު ތުހުމަތު ކުރެއްވިއެވެ. ޓައުންޝިޕަކީ ނ އަތޮޅުގައި 11 ރަށެއް ހިއްކައިގެން ހަދަމުންދާ ރިސޯޓެއްކަމަށާއި، ސަރުކާރުގެ ބައެއް ފަރާތްތައް މިތަން ސްޕެޝަލް އިކޮނޮމިކް ޒޯންއަކަށް ހަދަން ބޭނުންވާކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ. ގާނޫނު މިހާރު ހުށައަޅާފައި އޮތް އިސްލާހަކީ އެތަން ޓެކްސް ފްރީ ތަނަކަށް ހެދުމަށް ހުށައަޅާފައި އޮތް އިސްލާހެއްކަމަށް ފާހަގަކޮށް ޑރ ޝަމްހީދު ވިދާޅުވީ މިއީ ވަރަށް ނުރައްކާތެރި ގާނޫނެއްކަމަށާއި، މިއީ ރާއްޖޭގެ ބިންތައް ހިލޭ ބޭރުގެ ފަރާތްތަކަށް ދޫކުރުމަށް ފަރުމާކޮށްފައިވާ ބިލެއްކަމަށެވެ.

މި ބިލުގައިވާ ގޮތުން ވަކި ވަކި ޝަރުތުތަކެއް ފުރިހަމާވާއިރަށް، އެތަނެއްގެ އިމްޕޯޓު ޑީއުޓީ އާއި ގްރީން ޓެކްސް ފްރީވާކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއަށް މި ބިލުގެ ސަބަބުން ކުރާނީ ވަރަށް ކުޑަ ފައިދާއެއްކަމަށް ފާޙަގަކުރެއްވިއެވެ. އެގޮތުން މި ބިލު ފަރުމާވެގެން އައުމަށްފަހު ރާއްޖޭގައި ގާއިމްކުރާ ސްޕެޝަލް އިކޮނޮމިކް ޒޯންތަކުން ލިބޭނީ، ވިލާ ވިއްކައިގެން ލިބޭ 1 އިންސަތައާއި، ފައިދާގެ ގޮތުގައި ލިބޭ ފައިސާއިން 5 އިންސައްތަކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ. އާންމު ގޮތެއްގައި އޮންނަ ގޮތުން ވިޔަފާރިތަކުން 15 އިންސައްތަ ދައުލަތަށް ލިބޭކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ.

ދެން އަޅުގަނޑުމެން އާންމުކޮށް ޓެކްސް މި ނަގަނީ ޓީޖީއެސްޓީއިންނާއި، ވިޔަފާރި ފައިދާއިން ނަގާ ޓެކްސް، ވިޔަފާރި ފައިދާއަކީ އާންމު ގޮތެއްގައި 15%. މި ގާނޫނުގައި ވަނީ 5% ދޭށޭ. އެހެންވީމަ ދިވެހިންނަށް މި ލިބެނީ ވިލާ ވިއްކައިގެން ލިބޭ 1% އާއި ވިލާ ވިއްކައިގެން ލިބޭ ފައިދާއިން 5%. މާނައަކީ މީގެ ފަހުން ދިވެހިރާއްޖެއިން ހަދާ ރިސޯޓުތައް 500 މިލިއަން ޑޯލަރޭ ބުނެފަ، އެތާ ހޮޓެލް، ސުކޫލު، ޓްރެއިނިން ސެންޓަރެއް އަޅާފަ، ބޮޑު ހަސްފަތާލެއް އަޅާލީމާ ޓެކްސް ފްރީވީ.

ޑރ ޝަމްހީދު ވިދާޅުވީއެވެ.

ޑރ ޝަމްހީދު ވިދާޅުވީ ފަތުުރުވެރިކަމުގެ ސިނާއަތުގައި މިހާރު ވާދަވެރިކަމެއް ނެތީ، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި އެއްވެސް ކަހަލަ އިންސާފުވެރިކަމެއް ނެތުމުންކަމަށެވެ. އެގޮތުން އެއް ބައެއްގެ އަތުން ޓެކްސްތައް ނަގާއިރު އަނެއް ބަޔަކު ޓެކްސް ދައްކަންވެސް ނުޖެހޭކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ.

މި ބިލުގެ ސަބަބުން ރާއްޖެއަށް ކުރިއށް އަންނަ އޮތް 17 ވަރަަކށް އަހަރު ލިބެން އޮތް ފައިދާއަށް ހުރަސް އެޅިގެންދާނެކަމަށް ފާހަގަކޮށް، އެއުޅެނީ އެތައް ބިލިއަން ޑޯލަރެއް ނަގާލަންކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ. މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށާއި، މި ބިލުގެ ދަށުން ވަކި ތަނަކީ އެފަދަ ޒޯނެއްކަމަށް ކަނޑައަޅާ ހިސާބުން އެތަނުގައި އިތުރު މީހަކަށް އެއްވެސް ތަނެއް ގާއިމް ނުކުރެވޭނެކަމަށާއި، ހަމައެކަނި ފުރުސަތު ލިބޭނީ ބޭރުގެ ފަރާތްތަކަށްކަމަށް ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަން ފުޑާލާ، އަމިއްލަ ނަފާ ހޯދުމަށް ފަރުމާ ކޮށްފައިވާ ބިލެއްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: