ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްސީޒެޑްގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުގެ ސަބަބުން އިތުރު އެތައްކަމެއް ރައްޔިތުންނަށް ފުރިހަމަވާނެ: އައްބާސް

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނަށް ހުށައަޅާފައި އޮތް އިސްލާހުގެ ސަބަބުން އިތުރު އެތައްކަމެއް ރައްޔިތުންނަށް ފުރިހަމަވާނެކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނަށް ބާރު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށައެޅުއްވި އިސްލާހަށް އައްބާސް ވަނީ ތާއީދު ކުރައްވާފައެވެ.

އައްބާސް ވިދާޅުވީ 2014 ވަނަ އަހަރު ވުޖޫދުވި މި ގާނޫނަކީ ރާއްޖެއަށް އައި ރަނގަޅު އޮއިވަރެއްގައި ފަރުމާކުރެވިގެން އައި ގާނޫނެއްކަމަށެވެ. އޭރު އޮތް ފ އަތޮޅުގެ މަޝްރޫއު ރާއްޖެއަށް ލިބުނުނަމަ، ރާއްޖެ މިހާރު އޮންނާނީ ވަރަށް ބޮޑަށް ކުރިއަރާފައިކަމަށާއި، ރައްޔިތުން ފުދުންތެރިވެ ގައުމުގެ އިގްތިސާދުވެސް ރަނގަޅުވާނެކަމަށް އައްބާސް ވިދާޅުވިއެވެ.

މި ބިލާއި ދެކޮޅަށް ސަރުކާރުން އޯލުވާލައިގެން ވަކި ބަޔަކަށް ނަފާ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ ދެކެވުނު ވާހަކަތަކަށް އައްބާސް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން އައްބާސް ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރަނީ އާބާދީގެ ބޮޑު މިނަށްވެސް ބަލައިގެންކަމަށެވެ. ރާއްޖޭގައި 5 ލައްކައެއްހާ މީހުން އުޅޭއިރު، ރާއްޖޭގެ އިގްތިސާދުގެ 90 އިންސައްތަ ބަރޯސާވަނީ ފަތުރުވެރިކަމަށްކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށް ރާއްޖެ މަޝްހޫރުވެފައިވެސް އޮންނަނީ ފަތުރުވެރިކަމަށް އަމާން ތަނެއްގެ ގޮތުގައިކަމަށާއި، ރާއްޖޭގައި ވިއްކަންވެސް އޮންނަނީ ގުދުރަތީ ރީތިކަންކަމަށް ފާހަގަކޮށް އައްބާސް ވިދާޅުވީ، ރާއްޖެއަށް އިންވެސްޓްކުރާނީވެސް ފަތުރުވެރިކަމަށްކަމަށެވެ. ނ އަތޮޅުގައި އޮތް ސަރަހައްދުގައި ދައުލަތަށް ގެއްލުން ވާނެހެން މަޝްރޫއުއެއް ހިންގަން އުޅޭކަމަށް ފާހަގަކޮށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރ ޑރ އަހުމަދު ޝަމްހީދު ވާހަކަދައްކަވާފައިވާތީ އައްބާސް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ނ އަތޮޅުގެ ރައްޔިތުންނަށް ވަރަށް ފައިދާވާނެކަމަށެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގައި ކުރާ ވަރު ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތައް ކުރުަމށް އަދި ރާއްޖެއަށް އިންވެސްޓަރުން ނާންނާނެކަމަށް ފާހަގަކޮށް އައްބާސް ވިދާޅުވީ، އެހެންކަމުން ރާއްޖެއިން ޖެހޭނީ ގައުމުގެ ހާލަތާއި، ގައުމުގައި ހުރި ފަންވަރަށް ބަލައިގެން ކަންކަން ފަރުމާކުރަންކަމަށެވެ. އެހެންކަމުން އިންވެސްޓްކުރާ އަދަދު 500 މިލިއަންއަށް ޑޮލަރަށް އަރަންޖެހޭނެކަމަށް އޮތް އޮތުން ގޯސް ނޫންކަމަށް އައްބާސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ދިވެހިންނަށްވެސް މި ފުރުސަތު އެބައޮތްކަމަށެވެ. މިއީ ހަމައެކަނި ބރު މީހުންނަށް ފަރުމާކޮށްފައި އޮތް ބިލެއްކަމަށާއި، ބިލުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދިނުންކަމަށް ފާހަގަކޮށް އެމްޑީޕީއިން އޮޅުވާލުމަށް މަސައްކަތްކުރި ނަމަވެސް ބިލުގައި އޮތީ އެހެން ނޫންކަމަށް އައްބާސް ވިދާޅުވިއެވެ.

ރާއްޖޭގެ އަތޮޅުތަކުގައި އަސާސީ ހިދުމަތްތައްފަދަ، ސިއްހީ ހިދުމަތް ނެތް ވާހަކަ ފާހަގަކުރާއިރު، މި ބިލުގެ ސަބަބުން އެ ރިސޯޓުތަކުގައި އެފަދަ ހިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި ގާއިމްކުރުމަށް ޝަރުތުކުރާކަމަށް ފާހަގަކޮށް އައްބާސް ވިދާޅުވީ މިކަމުގެ ސަބަބުން މާލެއަށް ކުރަން ޖެހޭ ދަތުރުތައް މަދުވެ، ކައިރި ސަރަހައްދުތަކުން ރަށްތަކުގެ ރައްޔިތުންނަށް މިފަދަ ހިދުމަތްތައް ހޯދޭނެކަމަށެވެ.

މި ބިލުގެ ސަބަބުން ރާއްޖެއަށް ވަށާޖެހޭ ތަރައްގީއެއް ގެނައުމަށް މަގުފަހިވާނެކަމަށް ފާހަގަކޮށް އައްބާސް ވިދާޅުވީ މިހާރު އޮތް ހާލަތު ކުރިމަތިވީ މިއާއި ހިލާފަށް މަސައްކަތްތައް ކުރެވުމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: