ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ގާތަށް ދިއުމަކީ ލިބޭ ހިތްހަމަޖެހުމެއް، ވައުދުތައް ފުއްދާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ، ލ. މާބައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތީ ވައުދުތައް ފުއްދައި، ރައްޔިތުންނަށް އުފާވެރިކަން ގެނުވާނެ ދުވަސްތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މާބައިދޫއަށް ވަޑައިގެން ރައީސް ފާހަގަކުރެއްވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރަަށުގެ ރައްޔިތުންނަށް އެމަނިކުފާނުވީ ވައުދުތަކެވެ. މި ކަންކަން ސަރުކާރުން ތަންފީޒު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ޕްރޮޖެކްޓުތައް މިއަދު ފެށިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ މަޝްރޫއެއް ވެސް ސޮއި ކުރުމާއި ހަމަށް ގެނެވެނީ، ދިރާސާ ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކަށް ފަހުގައިކަމަށެވެ. އެގޮތުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތަކީ ވެސް ހަމަ އެގޮތުގެ މަތީން ކުރިޔަށް ގެންދާނެ ޕްރޮޖެކްޓެއްގެ ގޮތުގައި ރައީސް ވިދާޅުވި އެވެ.

ސޮއި ކުރެވުނު ތިން މަޝްރޫއުއާއި، އަމަލީ ގޮތުން ފެށި ތިން މަޝްރޫއު ވެސް ހުއްޓުމެއް ނެތި ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވި އެވެ. އިތުރު މަސައްކަތެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރަށުގެ ފުލުހުންގެ މަރުކަޒު އެޅުމުގެ ޕްރޮޖެކްޓެވެ. އަދި މި ޕްރޮޖެކްޓު ވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމުގެ ތައްޔާރީތައް ވަމުންދާއިރު، މާބައިދޫގެ އިތުރު ތަރައްގީގެ މަޝްރޫއުތައް ހިމަނުއްވާނެކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ރަށުގެ ހެލްތް ސެންޓަރު 24 ގަޑިއިރަށް ބަދަލު ކުރުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ހިމަނުއްވާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި މަޝްރޫއުގެ އެކި މަސައްކަތްތައް އަމަލީ ގޮތުން ފެށިގެންދާނެކަމަށެވެ.

ރަށުގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، އިތުރު ޖެނެރޭޓަރެއް ގެނެވޭނެކަން މިއަދު ރައީސް އިއުލާނު ކުރެއްވި އެވެ.

މައިގަނޑު ގޮތެއްގައި އަޅުގަނޑުވީ ހުރިހާ ވައުދުތައް ފުއްދާނެކަމުގެ ޔަގީންކަން ދެން.. ކުރިޔަށް އޮތް އަހަރެއްހާ ދުވަސް ވެގެން ދާނީ މިއަދު ސޮއި ކުރެވެގެން ދިޔަ މަޝްރޫއުތައް ކުރިޔަށް ދާނެ އަހަރަކަށް.. އަދި އަމަލީ ގޮތުން ފުރިހަމަވާނެ އަހަރަކަށް ވާނެ.. އެހެންވީމަ މިކަންކަން ފުރިހަމަވެގެން ދިއުންވާނީ ރައްޔިތުން ބޭނުންވާ އުންމީދުތައް ފުރިހަމަވެގެން ދިއުން.. އަޅުގަނޑަށް ވަރަށް ހިތްހަމަޖެހުން ލިބޭކަމެއް އެއީ ރައްޔިތުންގެ ގާތަށް އައިސް ރައްޔިތުން ބޭނުންވާ ކަންކަން އަޑުއެހުމަކީ.. އެއަށް ފަހު އަޅުގަނޑު ބަލަނީ އެކަންކަން ހައްލު ކުރުމަށް..

ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ވެސް އެމަނިކުފާނު ދޭން އޮތް ޔަގީންކަމަކީ ހުރިހާ މަޝްރޫއެއް ވެސް ބާރު ސްޕީޑުގައި ކުރިޔަށް ދިއުން ކަމަށެވެ. އަދި ވިދާޅުވީ ވައުދުތަކުގެ އަމަލީ މަސައްކަތް ފެށި، ފުރިހަމަވެގެން ދިއުމުގެ ސަބަބުން ރައްޔިތުންގެ އުންމީދުތައް ފުރިހަމަވެގެން ދާނެކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ގާތަށް އައިސް، އެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް އެމަނިކުފާނު އަބަދުވެސް ބޭނުންފުޅުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: