ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ބަޔާނާއި ވައުދު ފުއްދުން: އިގްތިސާދީ އަނދަވަޅުން އަރައިގަނެވި މަސައްކަތް ކުރިޔަށް

ރައީސުލްޖުމްހޫރިއްޔާ، ލ. ގަން ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ދިވެހިރާއްޖޭގެ އިގްތިސާދު އޮތީ ބޮޑު އަނދަވަޅެއްގައި ކަމަށާއި، އެ ދަތިކަމުގެ ތެރެއިންވެސް ރައްޔިތުންނަށް ވައުދުވެފައިވާ ވައުދުތައް ފުއްދުމުގައި ކާމިޔާބީތައް ހާސިލު ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވަނީ ސަރުކާރާ ހަވާލުވީ އިރު ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ބޮޑު އަނދަވަޅެއްގައިކަމަށާއި، ނަމަވެސް އެ ދަތިކަމުގެ ތެރެއިން ވެސް ރައްޔިތުންނަށް ވައުދުވެފައިވާ ވައުދުތަކާއި ކަންކަން ހާސިލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. 

ރައީސް ވިދާޅުވީ އިގްތިސާދު ބޮޑު އަނދަވަޅެއްގައި އޮއްވައި ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަސައްކަތާ ސަރުކާރުން ވާލުވެ، އެ އަނދަވަޅުން އިގްތިސާދު ނަގައި، ރައްޔިތުންނަށް ކަންކަން ކުރެވޭ ހިސާބަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، 2024 ވަނަ އަހަރު އެއްކޮށް ކުރިމަތިލާން ޖެހުނީ 19 ވަނަ މަޖިލހުން ގަސްތުގައި، ސަރުކާރަށް ޖެއްސުންކޮށް އުނދަގޫ ކުރުމަށް ފާސްކުރި ބަޖެޓުގެ ދަތިތަކާއި އެވެ. އެ ބަޖެޓަކީ ސަރުކާރަށް އެއްވެސް ކަމެއް ކުރެވޭނެ ގޮތަކަށް އޮތް ބަޖެޓެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވެސް އެ ދަތިކަމުގެ ތެރެއިންނާއި އެކީގައި އައިސް މި އަހަރަށް އަޅުގަނޑުމެން ފާސްކުރި ބަޖެޓުގެ ތެރެއިން، މި ރަށް ގޮތަށް މިއަދު މި ފެށިގެން ދިޔަ ގޮތަށް އެތައް ރަށެއްގައި އެ ތައް މަޝްރޫއެއް ފެށިގެން މިހާރު އެ ހިނގަނީ..

ނަމަވެސް، މި ދަތިކަމުގެ ތެރެއިންވެސް މި އަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން މިހާރު ރާއްޖޭގެ އެތައް ރަށެއްގައި އެތައް މަޝްރޫއެއް ފެށި ކުރިޔަށްދާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މިހާރުވެސް އެކި މަޝްރޫއުތައް ހިނގަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިގައި ވެސް އިތުރު އެތައް މަޝްރޫޢެއް ފެށިގެންދާނެ ކަމަށެވެ. އަދި 2026 ވަނަ އަހަރަށް ފާސްކުރާ ބަޖެޓުން، ރިޔާސީ ބަޔާނުގައި ހިމެނުއްވި ހުރިހާ ކަމެއްގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަގީންކަން ދޭކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، އަމަލީ ގޮތުން އިމާރާތްތައް އެޅުމުގެ އިތުރުންވެސް، ވެފައި ހުރި އެހެނިހެން ވައުދުތައް ވެސް ފުއްދަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: