ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖު ކޯޕަރޭޝަންގެ ބޯޑުގައި އިސްލާމިކް މިނިސްޓްރީ ނުހިމެނޭ ގޮތަށް މިދިޔަ ސަރުކާރުން ބަދަލު ކުރި ކުރުން މިނިސްޓަރު ކުށްވެރިކުރައްވައިފި

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖު ކޯޕަރޭޝަންގެ ބޯޑުގައި އިސްލާމިކް މިނިސްޓްރީ ނުހިމެނޭ ގޮތަށް ކުރީގެ ސަރުކާރުން ގެނައި ބަދަލު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުށްވެރިކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމްގެ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަކީ ވަރަށް މާތް މަޤްޞަދެއްގައި ދިވެހި ސަރުކާރުން އުފައްދާފައިވާ ތަނެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ހައްޖު ކޯޕަރޭޝަނުން ދަނީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެމުން ކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ހައްޖު ކޯޕަރޭޝަނަކީ ކުންފުންޏެއް ކަމުގައި ވީނަމަވެސް، ލައިން މިނިސްޓްރީގެ ހައިސިއްޔަތުން ހައްޖާ ގުޅޭ ކަންކަން ރަނގަޅު މަގުން ގެންދިއުމަށް މިނިސްޓްރީން ދަނީ ފުރިހަމަ އިރުޝާދު ދެމުންނެވެ. ނަމަވެސް ކުންފުނީގެ އެތެރޭގެ ނިންމުންތަކަށް މިނިސްޓްރީގެ ދައުރެއް ނޯންނަ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ހައްޖަށް ދިއުމަށް ރައްޔިތުން ޑިޕޮސިޓް ކުރާ ފައިސާ އިސްލާމީ ޝަރީޢަތް ހުއްދަކުރާ މަގުން އިންވެސްޓް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ހައްޖުގެ ޚިދުމަތުގެ އަގު ކުޑަކުރުމަށްޓަކައި ދުރާލާ ހައްޖު ކޯޕަރޭޝަނުން އިންވެސްޓްމަންޓްތަކެއް ޤާއިމްކުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހައްޖު ކޯޕަރޭޝަނުން ވަކި ރަށެއް ނަގައިގެން، އަމިއްލައަށް ނުވަތަ ރާއްޖެއިން ބޭރުގެ އިސްލާމީ މުއައްސަސާއަކާ ގުޅިގެން ހަލާލު ޓޫރިޒަމަށް އިންވެސްޓްކުރުމަކީ ހައްޖުގެ އަގު ކުޑަކުރުމަށް ރަނގަޅު ފައިދާއެއް ލިބޭނެ މަގަކަށް ވެދާނެއެވެ. ނަމަވެސް މިފަދަ އިންވެސްޓްމަންޓްތައް ކުރަންވާނީ ޝަރުޢީ ހަމަތަކާ އެއްގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: