ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސިންނަށް ހިދުމަތްތައް ދޭން ބަލާއިރު ދިވެހިންނަށް ފުރިހަމަކޮށްދެވިފައިވޭތޯ ބެލުން މުހިންމު: ޝަރީފް

މެމްބަރު ހުސައިން ޝަރީފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ގައުމުތަކުގެ ރައްޔިތުން ދިވެހިންނާ އިނދެގެން އުޅޭ ފަރާތްތަކަށް ޚިދުމަތްތައް ފުރިހަމަކޮށްދިނުމާމެދު ޚިޔާލު ހޯދަން ހުށަހަޅާއިރު، ދިވެހިންނަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމަކޮށްދެވިފައިނުވާތީ، މިފަދަ މަސައްކަތްތައް ކުރާއިރު ވިސްނާލުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޝަރީފް ވިދާޅުވީ، ރާއްޖޭގައި އުޅޭ ދިވެހިންނާއި ބިދޭސީންނަށްވެސް ޚިދުމަތްތައް ލިބިދޭންޖެހޭކަން އެންމެންވެސް ޤަބޫލުކުރާނެ ކަމަށެވެ. އަދި ”ސަބަބުވެރި ވިސްނުމެއްގެ މަތިން ބަލާއިރުވެސް އެއީ އެކަން އޮންނަންޖެހޭ ގޮތް“ ކަމުގައި ފާހަގަކުރެއްވިއެވެ.

މެންބަރު ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފެހި ޤާނޫނުއަސާސީ ވުޖޫދުވެ 17 އަހަރު ވޭތުވެގެން ދިޔައިރު، އިޖްތިމާޢީ ހަމަޖެހުން ޤާއިމުކުރެވިފައިވާ ނިޒާމެއް އޮތްނަމަ، މިފަދަ ޤަރާރުތަކެއް މަޖިލީހަށް ހުށަހަޅަން ނުޖެހުނީސްކަމަށް ވިދާޅުވިއެވެ. އަދި ފެންނަމުންދަނީ އެމްޑީޕީގެ ފަރާތުން މިހާތަނަށް ރާއްޖޭގައި ހައްލުތަކެއް ހޯދިފައިނުވާ ކަންކަން ހިފައިގެން އައިސް ޤަރާރުތަކުގެ ގޮތުގައި ހުށަހަޅައިގެން ބަހުސްތައް ކުރިއަށް ގެންދާ މަންޒަރުކަމަށް ފާހަގަކުރެއްވިއެވެ.

އިޖްތިމާޢީ މައްސަލަތަކުގެ ހައްލު ހޯދުމަށް ގޮވާލުން

މެންބަރު ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ 50 ވަރަކަށް އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ދައްކަމުން އައިސްފައިވާ އެއް ވާހަކައަކީ ބޯހިޔާވަހިކަމުގެ މައްސަލައިގެ ވާހަކަތައް ކަމަށާއި، އެކަނިވެރި މައިންގެ ދަތިތަކުގެ ވާހަކަތަކާއި އިޖްތިމާޢީ ފޭރާމަށް އަސަރުކުރާ އެހެނިހެން މައްސަލަތައްވެސް ހުރިކަމަށެވެ.

އަދި ރާއްޖޭގައި މީހުންނާ އިނދެގެން އުޅޭ ބިދޭސީންނަށް އާސަންދަ ފަދަ ޚިދުމަތްތައް ލިބިދިނުމާމެދު ޚިޔާލު ހޯދުމަށް ހުށަހަޅާފައިވަނީ މުހިންމު މަސައްކަތްތަކެއް ކަމުގައި ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއަކީ ދިވެހި ރައްޔިތުންނަށްވެސް ޚިދުމަތްތައް ފުރިހަމަކޮށްދިނުމުގައި ދަތިތައް ހުރި ޤައުމެއްކަމަށްވާއިރު، މިފަދަ މަސައްކަތްތަކެއް ހުށަހަޅާއިރު ވިސްނުންތެރިކަމާއެކު ކުރިއަށް ދިއުން މުހިންމުކަމަށް އިޝާރާތްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: