ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޯހާ މެރަތަމްގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫއިން ހުޅުވައިލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދޯހާ މެރަތަންގެ 15 ދުވުންތެރިންގެ ރެޖިސްޓްރޭޝަން ފީ އުރީދޫ މޯލްޑިވްސްއިން ސްޕޮންސާ ކުރަން ނިންމައިފިއެވެ.

އުރީދޫ ދޯހާ މެރަތަން އޮންނާނީ އަންނަ ޖަނަވަރީ މަހުގެ 16ގައެވެ.

އެ ދުވުމުގައި 15،000އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެ ކަމަށް ބެލެވޭއިރު، އުރީދޫން ވަނީ 15 ދުވުންތެރިންގެ ރެޖިސްޓްރޭޝަން ފީ ސްޕޮންސާ ކުރަން ނިންމައިފައެވެ.

އެ ދުވުންތެރިން ހޮވުމަށް ނަގާ ލަކީޑްރޯގައި ބައިވެރިވެވޭނެ މީހުންގެ ޝަރުތުތަކަކީ:

  • 10ކޭ ނުވަތަ ހާފް މެރަތަން ނުވަތަ މެރަތަންއެއް މީގެ ކުރިން ފުރިހަމަކޮށްފައިވުން (އެކަން ކަށަވަރު ކުރެވޭ ގޮތަށް މައުލޫމާތު ހުށަހަޅަން ވާނެ)
  • ގަތަރަށް ދަތުރުކުރެވޭނެކަން ކަށަވަރުކޮށް، ދިވެހި ޕާސްޕޯޓެއް އޮތުން

އެ ލަކީޑްރޯއަށް ރަޖިސްޓްރީ ކުރެވޭނީ އަންނަ މަހުގެ 24ގެ ނިޔަލަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: