ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނގިރޭޓު ކޮންޓެއިނާ ވަގަށް ނެގި މައްސަލައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓުތަކެއް/ ފޮޓޯ: ކަސްޓަމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް، މިދިޔަ އޭޕްރިލް މަހު ހިފެހެއްޓި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު މައްސަލައިގައި އިތުރު ތިން މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓު ގެއްލިފައިވާކަމަށް މީޑިއާތަކުގައި ފެންމަތިވީ މީގެ ހަފްތާއެއް ކުރީންނެވެ. މިކަމުގައި ޝާމިލުވާކަމަށް ތުހުމަތު ކުރެވޭ 12 މީހެއްގެ ފުރުން މަނާކޮށް، އެންމެ ފުރަތަމަ ހައްޔަރު ކުރީ ހަތަރު މީހުންނެވެ. އެއީ މި އަމަލު ރާވައި ފަންޑު ކުރިކަމުގެ ތުހުމަތު ކުރެވޭ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ. މި ދެ މީހުން ވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ.

އޭގެ ފަހުން ވެސް އިތުރު މީހަކު ހައްޔަރުކުރުމަށް ފަހު، އިއްޔެ އަނެއްކަވެސް މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ނޫރަލީގެ/ ހދ. ވައިކަރަދޫ، އަޙްމަދު ޝަހީމް (42އ) އާއި ޗާނދަނީގެ / އައްޑޫ ހިތަދޫ، ޙުސައިން ސާމިޙު (35އ) އާއި ހ. ރުމޭނިޔާ / މާލެ، އަޙްމަދު ފިރުސާން (35އ) އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަހީމާއި ސާމިޙު 7 ދުވަހަށް ބަންދު ކުރުމަށް އަދި ފިރުސާން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މައްސަލައިގެ ތަހުގީގަށް މާލޭގެ އެކި ސަރަހައްދުތައް ވެސް ބަލައި ފާސްކޮށްފައި ވެއެވެ. އަދި ކ. ތިލަފުށި ބަލައި ފާސްކޮށް، ކޮންޓެއިނަރުގެ ބައިތައް ވަނީ ހޯދާފަ އެވެ.

ފުލުހުން ބުނެފައި ވަނީ، ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މިވަގުތު މައުލޫމާތު ނުދެވޭނެ ކަމަށެވެ. ނަމަވެސް، ތަހުގީގު ކުރިއަށްދާ މިންވަރަކުން، ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު އާންމު ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

މައްސަލައިގައި ތަފާތު އެކި ވާހަކަތައް ދެކެވޭއިރު، ކަސްޓްމްސްއާއި އެމްޕީއެލްގެ މުވައްޒަފުންތަކެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި ބޮޑު ދެ ކޮންޓެއިނާއެއް ހުސް ކުރިއިރު ވެސް މުވައްސަސާތަކަށް އެކަން ނޭނގި އޮތުމުން، އެކަމާ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކަމާއި ގުޅުން ހުރި ފަރާތްތަކާއި އަންނަ ހަފްތާގައި ބައްދަލު ކުރުމަށް ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: