ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސްގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އޮސްޓްރޭލިއާއިން ސަވެއިލެންސް ޑްރޯންތަކެއް ހަދިޔާކޮށްފި

ކަސްޓަމްސްގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އޮސްޓްރޭލިއާއިން ސަވެއިލެންސް ޑްރޯންތަކެއް ހަދިޔާކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަސްޓަމްސްގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، އޮސްޓްރޭލިއާ ސަރުކާރުން ސަވެއިލެންސް ޑްރޯންތަކެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެވެ. މި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރުތަކާއި ބަނދަރުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ޑްރޯންތައް ކަސްޓަމްސްއާއި ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕްއެވެ. ކަސްޓަމްސްގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާއެވެ. މިކަމާ ގުޅޭ ތަފްސީލުތައް ކަސްޓަމްސްއިން ވަނީ އެކްސްގައި ހިއްސާކޮށްފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ޖެނެރަލް ދިޔާނާ ވަނީ އޮސްޓްރޭލިއާގެ ސަރުކާރަށާއި އެގައުމުގެ ބޯޑާފޯސްއަށް ޝުކުރު އަދާކުރައްވައިފައެވެ. އޭނާ ވިދާޅުވީ މި ޑްރޯންތަކުގެ ސަބަބުން ބޯޑަރާއި ބަނދަރުތައް ބެލެހެއްޓުމާއި، ކަސްޓަމްސްއިން ބަލަހައްޓާ އެހެނިހެން ތަންތަނުގެ ސަވެއިލެންސް އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށެވެ. މިއީ ކަސްޓަމްސްގެ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަނުން މިކަމާ ގުޅިގެން ބުނެފައިވަނީ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއާއި އޮސްޓްރޭލިއާއަކީ ގާތް ބައިވެރިން ކަމަށެވެ. މި އެހީތެރިކަމަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގެ ބައެކެވެ.

މި ޒަމާނީ ޑްރޯންތަކުގެ ބޭނުންކޮށްގެން، ރާއްޖެއިން ބޭރުކުރާ އަދި ގައުމަށް އެތެރެކުރާ މުދާ ޗެކްކުރުމުގެ މަސައްކަތަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިހާރު ދިމާވަމުން އަންނަ އެކި މައްސަލަތަކަށް ހައްލުތަކެއް ގެނައުމަށް ވެސް މި ޑްރޯންތައް އެހީތެރިވެދޭނެ ކަމަށް އުންމީދު ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: