ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް 2 އަހަރު ވާއިރު، ކަނޑު ފަޅުން ގޯތި ދިން ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭ: މީކާއީލް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް ނަސީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް 2 އަހަރު ވާއިރު، ކަނޑު ފަޅުން ގޯތި ދިން ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމާއިމެދު އޮތް ކަންބޮޑުވުންތައް ފާހަގަކޮށް މަޖިލީހަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށައެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން މީކާއީލް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބިމާ ބެހޭ ގާނޫނަށް އޭނާ އިސްލާހު ހުށައެޅުއްވީ މި ދުވަސް އަންނާނެކަން އެނގޭތީކަމަށެވެ. މިއަދު ޕީއެންސީ މެންބަރުންގެ އަސްލު ވިސްނުން ހާމަވަމުންދާކަމަށް މީކާއީލް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް އެތައް އަހަރެއް ފަހުން ސަރުކާރުން ގޯތިތައް ދޫކުރީ ދިމާވެދާނެ ހާލަތްތައް ނޭނގި ނޫންކަމަށް ފާހަގަކޮށް މީކާއީލް ވިދާޅުވީ ރާއްޖޭގެ އެތައް ރަށެއްގެ، އެތައް މަޝްރޫއުއެއް ބަޖެޓުގައި ޖަހައިގެން ހިންގަމުންދަނީ ހަމަ މާލޭ ރައްޔިތުންގެ ޓެކްސް ފައިސާވެސް ހިމެނިގެންކަމަށެވެ. މީކާއީލް ވިދާޅުވީ އެންމެފަހުން އެތައް އަހަރަކަށްފަހު މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތި ދޫކުރުމުން ރައްޔިތުންގެ މަޖިލީހުގައި، އެ ރައްޔިތުންނަށް އެއްޗިސް ކިޔަމުން ގެންދާކަމަށެވެ. އަދި އެކަން ކުށްވެރިކުރެއްވިއެވެ.

އިއްޒަތްތެރި ރައީސް މާލޭގެ ރައްޔިތުންނަކީވެސް މި ގައުމުގެ ރައްޔިތުން، އެ ރައްޔިތުންނަށް ދައުލަތަކުން، އިއްޒަތްތެރި ރައީސް މި ދައްކަނީ ސަރުކާރެއްގެ ވާހަކައެއް ނޫން! މި ދައްކަނީ ސަރުކާރެއްގެ ވާހަކައެއް ނޫން! ދީފައި އޮންނަ ގޯތީގެ ރަޖިސްޓްރީގައި ޖަހާފައި އޮންނަނީ ދިވެހި ދައުލަތުގެ ސިއްކަ. އެއީކީ އެމްޑީޕީގެ ސަރުކާރުގެ ސިއްކައެއް ނޫން.

މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ މިއީ ދައުލަތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށެވެ. ވަކި ސަރުކާރަކުން ކުރާ މަސައްކަތެއް ނޫންކަމަށް ފާހަގަކުރެއްވިއެވެ. ދިވެހި ދައުލަތުގެ ފަރާތުން ދޫކޮށްފައި ހުންނަ ލިޔެކިޔުންތަކަށް ކޮންމެ ސަރުޚާރަކުންވެސް އިހުތިރާމް ކުރަން ޖެހޭނެކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި ކަނޑުފަޅުން ގޯތި ދިން ވާހަކަދައްކާއިރު، މި ސަރުކާރަށް މިހާރު 2 އަހަރު ވަނީކަމަށް ފާހަގަކޮށް މީކާއީލް ވިދާޅުވީ، އެ ވާހަކަތައް ދައްކަން ލަދު ގަންނަން ޖެހޭނެކަމަށެވެ. އެތައް ކަމަކަށް މި ސަރުކާރުން އެތައް ހަރަދެއް ކުރަމުންދާއިރުވެސް، އަދިވެސް އެ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭކަމަށް މީކާއީލް ވިދާޅުވިއެވެ.

މީކާއިލް ވަނީ ރާއްޖޭގެ ފަނޑީޔާރުގެއިން އެއްވެސް ކަހަލަ އިންސާފެއް ނުލިބޭކަމަށް ވިދާޅުވެފައެވެ. އެކި މައްސަލަތަކުގައި އަމަލު ކުރަނީ އެކި ގޮތް ގޮތަށްކަމަށް ވިދާޅުވިއެވެ. ގާނޫނު އަސާސީ މިކަންކަން ހައްލުކުރުމުގެ ޒިންމާ މަތިކޮށްފައި އޮތީ މަޖިލީހާއިކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުންގެ ޒިންމާ އަދާކުުރުމަށް ގޮވާލިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: