ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ މިއަހަރުގެ ތިންވަނަ ކުއާޓަރގެ ހިސާބުތައް އާންމުކޮށްފި

ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބުތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ. އެ ކުންފުނީގެ މާލީ ހިސާބުތަކަށް އަންނަ ބަދަލުތަކަކީ ޤައުމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ދެވޭ ކަމެކެވެ.

އެގޮތުން، އެސްޓީއޯގެ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރ ގެ މާލީ ހިސާބުތައް ވަނީ 30 އޮކްޓޯބަރ 2025 ގައި އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އާންމުކުރެވިފައެވެ. މި ހިސާބުތަކުން ދައްކާ ގޮތުގައި އެސްޓީއޯގެ ވިޔަފާރިއަށް ވަނީ ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ލިބިފައެވެ.

އެސްޓީއޯއަށް 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގައި ޖުމްލަ 3.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މީގެ ކުރީ ކުއާޓަރ އާ އަޅާބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ.

މި ކުރިއެރުން ލިބުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ މައި ވިޔަފާރީގެ އެއް ބަޔަށްވާ ތެލުގެ ވިޔަފާރި ރަނގަޅުވެ، ވިކުނު ތެލުގެ އަދަދު އިތުރުވުމެވެ. ހަމައެއާއެކު، ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ 8 އިންސައްތައިން އިތުރުވެފައެވެ.

އާމްދަނީ އިތުރުވުމާއެކު، ޖުމްލަ ފައިދާ ވެސް ވަނީ އިތުރުވެފައެވެ. މި ކުއާޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި 604 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ ކުއާޓަރއާ އަޅާބަލާއިރު 5 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ކުއާޓަރގެ މާލީ ހިސާބުތަކުން ފާހަގަކޮށްލެވޭ އަނެއް ކަމަކީ ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ ނަތީޖާއެވެ. މި ކުއާޓަރގައި ވިއްކުމާއި މާކެޓް ކުރުމުގެ ހަރަދުން ލީސް އެޖަސްޓްކުރުމަށްފަހު، ހިންގުމާއި ފައިނޭންސް ކުރުމުގެ ޚަރަދު ވަނީ ރީކްލެސިފައި ކުރެވިފައެވެ. މިއާއިއެކު ޖުމްލަ ހިންގުމުގެ ޚަރަދު ( 367 މިލިއަން ރުފިޔާއިން 358 މިލިއަން ރުފިޔާއަށް ދަށްކުރެވިފައިވެއެވެ. ޚަރަދުތައް ކުޑަކުރެވުމުގެ ސަބަބުން ހިންގުމުގެ ފައިދާ ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ހިންގުމުގެ ފައިދާ 23 އިންސައްތައިން އިތުރުވެ، 290 މިލިއަން ރުފިޔާ ވަނީ ރެކޯޑް ކުރެވިފައެވެ. މިއީ ކުންފުނީގެ ހިންގުމުގެ ހަރުދަނާކަން ދައްކުވައިދޭ މުހިންމު ހިސާބެކެވެ.

ޖުމްލަ އާމްދަނީ އިތުރުވުމާއި، ހިންގުމުގެ ޚަރަދުތައް ދަށްކުރެވުމުގެ ނަތީޖާއެއްގެ ގޮތުން، އެސްޓީއޯގެ ސާފު ފައިދާއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި 230 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކްސްއަށް ކެނޑުމަށްފަހު ކުންފުންޏަށް ލިބުނު ސާފު ފައިދާގެ އަދަދަކީ 186 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާ އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ. މި ހިސާބުތަކުން ދައްކުވައިދެނީ އެސްޓީއޯގެ ވިޔަފާރީގެ ސްޓްރެޓެޖީތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމާއި، މާލީ ގޮތުން ކުންފުނި ހަރުދަނާވަމުންދާ ކަމެވެ.

އެސްޓީއޯގެ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ހިސާބުތަކަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. ތެލުގެ ވިޔަފާރި ރަނގަޅުވުމާއި އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުން ޖުމްލަ އާމްދަނީއާއި ޖުމްލަ ފައިދާ އިތުރުވެފައިވެއެވެ. އަދި ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ކުންފުނިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހިންގުމުގެ ފައިދާ ބޮޑުވެ، އެންމެ ފަހުން ސާފު ފައިދާ 14 އިންސައްތައިގެ ކުރިއެރުމަކާއެކު 186 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މި ހިސާބުތަކުން ދައްކުވައިދެނީ އެސްޓީއޯގެ މާލީ ހާލަތު ވަރަށް ރަނގަޅުކަމާއި، ކުރިއަށް އޮތް ކުއާޓަރުތަކަށް ވެސް އުންމީދީ ނަތީޖާއެއް ލިބޭނެ ކަމުގެ އިޝާރާތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: