ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޤުފް ފަންޑް އިތުރަށް ފުޅާކުރުމަށް ބީއެމްއެލްއިން އެހީ ވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މިނިސްޓަރީ އޮފް އިސްލާމިކް އެފެއާޒް އާއި ދެމެދު ވަޤުފްތައް ތަރައްގީ ކުރުމަށާއި އިސްލާމިކް ފައިނޭންސިން ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ ދަށުން ހުޅުމާލޭގައި އިމާރަތްކުރާ ދާރުއްސަލާމް އިމާރާތާއި މާލޭގައި އިމާރަތްކުރާ ދާރުލް އަރްޤަމް އަށް ބޭނުންވާ މާލީ އެހީތެރިކަން އިސްލާމިކް ފައިނޭންސްގެ އުސޫލުން ހަމަޖައްސައި ދިނުމަށާއި ވަޤުފް ފަންޑް އިތުރަށް ފުޅާކުރުމަށް ބީއެމްއެލް އިން އެހީވެދޭނެއެވެ.

މީގެ އިތުރުން އިސްލާމީ މާލީ ދާއިރާއަށް ހޭލުންތެރިކަން އިތުރުކުރުމަށާއި އިސްލާމީ މާލީ ދާއިރާގެ ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރާނެއެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވީ، އިސްލާމީ މާލީ ނިޒާމު ކުރިއެރުވުމަށާއި ވަޤުފް ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއިއެކު ގުޅިގެން މަސައްކަތްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އިސްލާމިކް ފައިނޭންސިން އެންމެ ފުޅާދާއިރާއެއްގައި ރާއްޖޭގައި ފޯރުކޮށްދޭ ބޭންކުގެ ހައިސިއްޔަތުން އިސްލާމިކް ބޭންކިންގ އާއި އިސްލާމިކް ސޯޝަލް ފައިނޭންސް ތަރައްގީކޮށް ހަރުދަނާކުރުމަށް ބޭންކުން އަބަދުވެސް ދަނީ މަސައްކަތްކުރަމުން ކަމަށް ޝަރީފު ވިދާޅުވިއެވެ.

އިސްލާމިކް ފައިނޭންސް ދާއިރާ ހަރުދަނާ ކުރުމަށާއި އިޖްތިމާއީ ތަރައްގީ ކުރިއެރުވުމަށް ބީއެމްއެލް އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެތެރޭގައި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް ސްކޫކްގެ ޖުމްލަ އަދަދަށް ބީއެމްއެލް އިން ސަބްސްކްރައިބްކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: