ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިންހިއްކަމުން ގެންދާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިންހިއްކަމުން ގެންދާ ސަރަހައްދުގައި މަސައްކަތައް ދަތިވާގޮތަށް އަޅާފައި ހުރި އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގައިފިއެވެ.

އެޗްޑީސީން ބުނެފައިވަނީ ހުޅުމާލޭެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުން އަލުން ފެށުމަށް، ބިންހިއްކަމުން ގެންދާ ސަރަހައްދުގައި މަސައްކަތްތަކަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް އެސަރަގައްދުން ނެގުމަށް ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެޗްޑީސީން އާންމުކޮށްފައިވާ ގެޒެޓުގައި އެކުލަވާލައިފައިވާ ޗާޓުގައި ފާހަގަ ކުރެވިފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނޮވެމްބަރު 6ގެ 00:00 ގެ ކުރިން އެސަރަހައްދުން ނެގުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

އެގޮތުން އެ ތަނުން ނެގޭ އުޅަނދުތައް އެ ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މި މަސައްކަތުގައި އާންމު ރައްޔިތުންނާއި އުޅަނދުތައް ގެންގުޅުއްވާ ފަރާތްތަކުން ފޭ އެހީތެރިކަމަށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: