ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މި ސަރުކާރުން ވަނީ ހިޔާނާތްތެރިވެފަ: މައުރޫފް

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު.
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މި ސަރުކާރުން ވަނީ ހިޔާނާތްތެރިވެފައިކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މައުރޫފް މިފަދައިން ވިދާޅުވީ އެމްޑީޕީއިން ރޭ ”ލޫޓުވާލައިފި ލޫޓުވާލައިފި“ ނަމުގައި ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައެވެ.

މައުރޫފް ވިދާޅުވީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި އެތައް ހާސް ދިވެހި ރައްޔިތުންނެއް ތިބިއިރު، މި ސަރުކާރުން އެހުރިހާ ރައްޔިތުންގެ އަޑުތަކަށް ބީރު ކަންފަތެއް ދީފައިވާކަމަށެވެ. މިފަދަ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލާ އެމްޑީޕީއިން އެއްވުންތައް ބާއްވަމުން ދަނީ 17 ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުންކަމަށް މައުރޫފް ވިދާޅުވިއެވެ.

ރޭ އެއްވުން ބޭއްވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހާއްސަކޮށެވެ. ކުރިއަށް އޮތް 27 އަަހރުގެ ތެރޭޣައި ރާއްޖޭގެ އަބާދީ މުސްކުޅި އާބާދީއަކަށް ބަދަލުވެގެންދާނެކަމަށް ފާހަގަކޮށް މައުރޫފް ވިދާޅުވީ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން މިކަން ހާމަވާކަމަށެވެ.

މީގެ އެންމެ ބޮޑު މައްސަލައަކީ ކޮބައިތޯ އަޅުގަނޑުމެން ބަލާލާއިރުގައި، އަޅުގަނޑަށް ފެންނަނީ ބޯހިޔާވަހިކަމުގެ މައްސަލަ. މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަމަށް ކުލި ނުދައްކާ ހަމަ ދިވެހި އެންމެ އާއިލާއެއްވެސް ހުރިކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެ.

މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޖުތަމައުގެ ތެރޭގައި ހުރި ގިނަ މައްސަލަތަކެއްގެ ފެށުންކަމަށެވެ. ބޯހިޔާވަހިކަމަށް ހަރަދު ކުރަން ނުޖެހޭ އާއިލާއެއް މާލޭގައި ނެތްކަމަށް ވިދާޅުވިއެވެ. މިކަންކަމުގެ ސަބަބުން ރާއްޖޭގައި ރައްޔިތުންނަށް މިނިވަންކަމާއިއެކު ހިތްހަމަޖެހުން ހޯދެން ނެތްކަމަށް ފާހަގަކޮށް މައުރޫފް ވިދާޅުވީ، މި މައްސަލަތަކަށް ހައްލު ހޯދުމަށް މިދިޔަ ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. ބަހާލެވިގެން ވަށާ ޖެހޭ ސިޔާސަތެއްގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ ސިޔާސަތުތަކެއް ކަނޑައެޅިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ހުޅުވާލި ފުރުސަތުގައި އެތައް ހާސް ރައްޔިތުންނެއް ބޯހިޔާވަހިކަމަށް ކުރިމަތިލީކަމަށާއި، އަދި ބޯހިޔާވަހިކަން ކަށަވަރުކޮށްދިންކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. އެހެން ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް މިކަންކަން ގަނޑުބަނޑު ކޮށްފައިވާކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ އެމްޑީޕީގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކަށް ބަދަލު ނުގެންނާނެކަމަށް ވިދާޅުވެފައިކަމަށާއި، ނަމަވެސް ކަން ހިނގައިދިޔައީ މިހެން ނޫންކަމަށް މައުރޫފް ވިދާޅުވިއެވެ.

މީގެ ކުރިންވެސް މައުރޫފް ވަނީ މިކަމާއި ގުޅިގެން ވާހަކަދައްކަވާފައެވެ. އެގޮތުން މައުރޫފް ވަނީ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެންބަރުން ކުއްލި މައްސަލަތައް ހުށައެޅުމުން ކޮންމެސް ހުއްޖަތެއް ދެއްކުމަށްފަހު އެ މައްސަލަތައް ބޭރު ކުރާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. 4،000 ފްލެޓުގެ މައްސަލައިގައި ހުށައެޅި ކުއްލި މައްސަލައަށްވެސް އަމަލުކުރީ މިހެންކަމަށް މައުރޫފް ވިދާޅުވިއެވެ.

އެގޮތުން ކުރީގެ ސަރުކާރުން މި ފްލެޓުތައް ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލާފައިވަނިކޮށް، އަނެއްކާ އިތުރު އާ ލިސްޓެއް މި ސަރުކާރުން އެކުލަވާލީ ކޮރަޕްޝަނާއި ހިޔާނާތުގެ ތެރެއިންކަމަށް މައުރޫފް ވިދާޅުވިއެވެ. މީގެ ތެރެއިން އެތައް ބައެއް ފްލެޓު މަހުރޫމްކޮށް، ވާނުވާ ނޭގޭ އުސޫލެއްގެ ތެރެއިން ވަކި ބަޔަކަށް އެ ފްލެޓުތައް ދޫކޮށްފައިވާކަމަށްވެސް ފާހަގަކުރެއްވިއެވެ.

އެ މައްސަލައިގައި އަޅުގަނޑުމެންގެ ކަންބޮޑުވުންތަކަށް ބަލާއިރުގައި، އެއްވެސް ކޮންޓްރެކްޓެއް ދީފައިވާ ފަރާތެއްގެ ފްލެޓެއް އަތުނުލެވޭނެކަމީ، ގާނޫނު ދަންނަ ހަމަ ކޮންމެ މީހަކު ގަބޫލުކުރާނެ ހަގީގަތެއް. ދިވެހި ރައްޔިތަކާއި، ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމެއް އުވާލެވޭނެ ހަމައެކަނި ގޮތަކީ، ސަރުކާރުގެ ފަރާތުން، ނުވަތަ އެ އެއްބަސްވުމެއް ވެފައިވާ ފަރާތުން ކޯޓަށް ގޮސްގެން އެ އެއްބަސްވުން ނިންމުމަކަށް ގެނައިއްސި ހާލަތެއްގައި ނޫން އެއްވެސް ހާލަތެއް އެކަމަކު ނޯވޭ.

މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ވެފައިވާ އެއްބަސްވުމެއް އުވާލެވޭނީ ކޯޓަށް ގޮސްގެން އެކަނިކަމަށާއި، ނަމަވެސް މި ސަރުކާރުން އެހެން ހުރި އެތައް ފްލެޓު އެއްބަސްވުތަކެއް ގާނޫނާއި ހިލާފަށް ބާތިލްކޮށްފައިވާކަމަށެވެ. މިކަމުގައި ސަރުކާރާއި ދެކޮޅަށް އިހުތިޖާޖު ކުރުމަށް މައުރޫފް ގޮވާލެއްވިއެވެ.

މި ސަރުކާރުން ފްލެޓުތަކުން ނަގާ ކުލިވެސް ބޮޑު ކޮށްފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި މައުރޫފް ވިދާޅުވީ ފްލެޓުތައް ލިބުން ފަރާތްތަކުން ފްލެޓަށް ފައިސާ ދައްކަން ވާނީ ކުލި ދެއްކުމަށް އެއްބަސްވެފައިވާ އަދަދުންކަމަށެވެ. މި ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަމަށްވީ ހުރިހާ ވައުދެއް ވަނީ ބޮލާލާ ޖަހާފައިކަމަށާއި، ވަމުންދަނީވެސް ދޮގު ވައުދުތައްކަމަށް މައުރޫފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: