ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދުތައް ހަނދާން އެބަހުރި، ކޮންމެ މަޝްރޫއެއް ވެސް ޕްލޭންކޮށް ތަރުތީބު ކުރެވޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު އޮތް ބޮޑު ދަރަންޏާއި، ރާއްޖޭގެ އިގްތިސާތީ ހާލަތުގެ ސަބަބުން ބައެއް މަޝްރޫއުތައް ނުފެށި ލަސްތައް ދިމާވީ ނަމަވެސް ކުރިޔަށް އޮތީ ތަރައްގީގެ ދުވަސްތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ފުވައްމުލަކަށް ވަޑައިގެން އެ ސިޓީގައ މިރޭ ރައްޔިތުންނާއި ބައްދަލު ކުރުމަށް އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ މިއަދު ފެށިގެން މިދިޔައީ ތަރައްގީގެ މުޅިން އައު ސޮފުހާއެއް ކަމަށެވެ. އަދި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމުގެ ނަތީޖާއާއި ހަމައަށް ވާސިލުވުމަށްޓަކައި ކުރެވޭ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރާއްޖޭގެ އިގްތިސާދު އޮތް ހިސާބާއި، ގޯސްވެފައިވާ ދަރަނީގެ ހާލަތެެވެ. ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ގައުމު އޮތީ ބަނގުރޫޓުގެ ހާލަތެއްގައިކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، އެމަނިކުފާނު އެންމެ އިސްކަމެއްދީގެން ކުރެއްވި މަސައްކަތަކީ ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހައި، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަން ފުރިހަމަ ކުރުންކަމަށް ރައީސް ވިދާޅުވި އެވެ.

ގާތްގަނޑަކަށް ދެ އަހަރަށް ފަހު، ހާލަތު ބަދަލުވެ ރާއްޖޭގެ އިގްތިސާދާއި މާލީ ހާލަތު ރަނގަޅު މިސްރާބަކަށް ގެންދެވިފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އެފަދަ ބައެއް ސަބަބުތަކާއި ހުރެ، މަޝްރޫއުތަކަށް އައި ލަސްކަން ނައްތާލެވި ބާރު ސްޕީޑެއްގައި ކުރިޔަށް ދާތަން ފެންނާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދެއްވީ ކުރިޔަށް އޮތީ ތަރައްގީގެ އަހަރެއްކަމާއި، މި އަހަރާއި އަންނަ އަހަރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް މަޑުޖެހުމެއް ނާންނާނެކަމުގެ ޔަގީންކަމެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އަޅުގަނޑުމެންނާއި ބައްދަލުކުރީ ވަރަށް ވެސް ނާޒުކު ފައްތަރެއްގައި އޮވެ.. ވަރަށް ބޮޑު ދަރަންޏަކާއި އެކު.. ވަރަށް ނުރައްކާތެރި ހާލަތެއްގައި.. ބަނގުރޫޓުވުމުގެ ހާލަތުގައި ކުރުކޮށް ދަންނަވަންޏާ.. އެ ހާލަތުން އިރާދަކުރެއްވިއްޔާ އަރައިގަނެ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލުކޮށްދިނުމަށްޓަކައި، ހަލުވި ސްޕީޑުގައި ފަށައިގަނެވި ރައްޔިތުންނަށްވީ ވައުދުތަކުގެ އަމަލީ މަސައްކަތް މި އަހަރުގެ ބަޖެޓާއި އެކު ފަށައިގަނެގެން މިއަދާއި ހަމައަށް މި އާދެވުނީ..

ރައީސް ވިދާޅުވި ގޮތުގައި މިއަދާއި ހަމައަށް އާދެވުނީ، ރާއްޖޭގެ އިގްތިސާދު ވަށާ ޖެހޭނެ ގޮތެއްގެ މަތީން ތަރައްގީ ކުރެވިގެންނެވެ. އަދި ވިދާޅުވީ ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ގިނަ މަސައްކަތް ތަރުތީބު ކުރެވިފައިވާކަމަށެވެ. ހިނގަމުން މިދާ 2025 ވަނަ އަހަރާއި، 2026 ވަނަ އަހަރު ވެގެން ދާނީ ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ފެށިގެން ދާނެ އަހަރަކަށެވެ.

ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގައި ސޮއި ކުރެވިފައިވާއިރު، މި މަސައްކަތްތައް ހަލުވި ސްޕީޑުގައި ކުރިޔަށްދާނެކަމަށް ރައީސް ވިދާޅުވި އެވެ. މީގެތެރެއިން ބައެއް މަސައްކަތްތަކަކީ، އޭގެ ބާވަތަށް ބަލައި އަވަހަށް ނިމޭނެ ޕްރޮޖެކްޓުތައްކަމަށް ރައީސް ފާހަގަކުރެއްވި އެވެ. ހަމައެގޮތުގެ މަތީން އަންނަ އަހަރަށް ތަރުތީބު ކުރެވުނު މަޝްރޫއުތައް ކުރިޔަށްދާނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ރައްޔިތުންނަށް އެމަނިކުފާނުވީ އެއްވެސް ވައުދެއްގެ މަތީން ހަނދާން ނައްތާލާފައި ނުވާނެކަމަށެވެ. އަދި ހުރިހާ މަސައްކަތެއް ވެސް ކުރިޔަށް ގެންދަނީ، ކުރަން ރޭވިފައިވާ ގޮތަށް ތަރުތީބު ކުރެވިގެންކަމަށް ވިދާޅުވިއެވެ.

ސަރުކާރުން، އަޅުގަނޑުވީ ހުރިހާ ވައުދެއް.. ހަނދާން ބަހައްޓައިގެން ލިސްޓުކޮށްގެން ވަރަށް ބޮޑަށް ޑީޓެއިލްއަށް ގޮސްގެން ވަރަށް ބޮޑަށް ކޯޑިނޭޓެޑް މަސައްކަތްތައްތަކެއް، ހުރިހާ ވުޒާރާތަކާއި، ހުރިހާ ކުންފުނިތަކާއި ގުޅިގެން ކުރިޔަށް ގެންދާކަމާއި، ނެރެމުންދާނެކަމާއި، މި ސޮއި ކުރެވިގެން ދިޔަ ކަންކަމަކީ، ވަރަށް ރަނގަޅަށް ޕްލޭން ކުރެވިގެން ހަމަޖެހިގެން، ކުރިޔަށް ދާނެކަންކަން.. އެ ޔަގީންކަން ދެން..

ރައީސް ވިދާޅުވީ މަސައްކަތްތައް ކުރިޔަށް ގެންދަނީ، ޕްލޭންއެއްގެ ދަށުންކަމަށާއި މިނިސްޓްރީތަކާއި ކުންފުނިތަކާއި ގުޅިގެން ކުރިޔަށް ގެންދަން ޖެހޭ ހުރިހާ މަޝްވަރާއެއްކޮށް، ހުރިހާ މަރުހަލާއެއް ވެސް ފުރިހަމަ ކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: