ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ކޮލެޖުތަކަށް ޔުނިވާރސިޓީ ހައިސިއްޔަތު ދޭންޖެހޭ: ރިފާއު

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހިންގަމުންދާ ބައެއް ކޮލެޖުތަކަށް ޔުނިވާރސިޓީގެ ހައިސިއްޔަތު ދިނުން ލަސްވެފައިވާކަމަށް ދެކިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ. މެމްބަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ހުށހެޅި އިސްލާހު ދިރާސާ ކުރުމަށް ފަހު ކޮމެޓީ ނިންމި ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ.

މެމްބަރު ރިފާއު ވަނީ މި ބިލާއި ހަވާލުވި ކޮމިޓީން ކޮށްފައިވާ ބުރަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ، ކަމާ ގުޅުންހުރި މުހިންމު 22 މުއައްސަސާއަކާ ބައްދަލުކޮށް، އެންމެންގެ ހިޔާލު ހޯދައިގެން ފުރިހަމަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި ހުރިހާ ފަރާތްތަކުގެ އިއްތިފާގާއެކު ފާސްވާނެ ފަދައިން ބިލަށް ބަދަލުތައް ގެނެވިފައިވާކަމަށް ރިފާއު ފާހަގަކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، މިއީ ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާގައި މުހިންމު ދުވަސްތަކެއްގެ ގޮތުގައި ފާހަގަކުރެވިގެންދާނެކަމަށެވެ.

ރިފާއު ވިދާޅުވީ، މި ބިލުގެ ސަބަބުން ރާއްޖޭގައި އިތުރު ޔުނިވާރސިޓީތަކެއް ގާއިމުވުމަށް ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި ރާއްޖޭގައި މިވަގުތު މަތީ ތައުލީމު ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކޮލެޖުތަކަކީ ވަރަށް ފެންވަރު ރަނގަޅު ތަންތަންކަން ފާހަގަކުރުންވެސް މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

ބިލުގެ މަސައްކަތުގެ ތެރޭގައި ވިލާ ކޮލެޖަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބުނުކަން ހިއްސާކުރައްވަމުން ރިފާއު ވިދާޅުވީ، އެފަދަ ތަންތަނުގެ ތައުލީމު ދިނުމުގެ ގާބިލުކަމާއި، ވަސީލަތްތައް ޒަމާނާ އެއް ހަމަ ކުރެވިފައިވާ މަންޒަރު ފެނުމުން، އެތަންތަން ޔުނިވާރސިޓީއެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތް ލަސްވެފައިވާކަމަށް ގަބޫލުކުރެއްވޭކަމަށެވެ.

މެމްބަރު ވިދާޅުވީ، މި ބިލުވެގެންދާނީ އެފަދަ ބުރަ މަސައްކަތްތައް ކުރަމުންދާ ކޮލެޖުތަކަށް ލިބިގެންދާނެ ފުރުސަތަކަށް ކަމަށެވެ. އެހެންކަމުން ކޮލެޖުތައް ހިންގަމުންދާ ފަރާތްތަކަށް މަރުހަބާ ދަންނަވާކަމަށާއި، އުންމީދަކީ ރަނގަޅު މަސައްކަތްތައް ކުރަމުންދާ ކޮލެޖުތަކަށް އެ ހައިސިއްޔަތު ލިބި، ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާގައި ވާދަވެރިކަން އިތުރުވެ، ގައުމަށް އިތުރު ކުރިއެރުންތަކެއް ހާސިލުވުންކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: