ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިޔަރު ހިފުމާއި، މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލާ ހުށައެޅި ގަރާރު ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މިޔަރު ހިފުމަށާއި، މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ގަރާރު ބޭރުކޮށްލައިފިއެވެ. މި ގަރާރު ބޭރުކޮށްލާފައިވަނީ 44 މެންބަރުންގެ ވޯޓާއިއެކުގައެވެ. ގަރާރާއި އެއްކޮޅަށް ވޯޓުދެއްވީ 10 މެންބަރެކެވެ. މިއީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހުށައަޅުއްވާފައިވާ ގަރާރެކެވެ.

މި ގަރާރު ހުށައެޅުއްވީ، ސަރުކާރުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލަން ނިންމެވުމާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން ހާމަކުރެއްވީ މިއަހަރުގެ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމީ މި މަހުގެ 1 ވަނަ ދުވަހުއެވެ.

ކަށިމިޔަރުގެ މަސްވެރިކަމަކީ އަހަރުތަކެއް ކުރިން ރާއްޖޭގައި ކުރި މަސްވެރިކަމުގެ ބާވަތެކެވެ. ރާއްޖޭގައި މީގެކުރިން ފަރު މިޔަރު، ކަނޑު މިޔަރު އަދި ކަށިމިޔަރުގެ މަސްވެރިކަންވެސް ކުރެވިފައިވެއެވެ. ނަމަވެސް، އޭރު ކުރެވުނު ދިރާސާތަކަކުން ރާއްޖޭގައި މިޔަރުގެ އާބާދީ މަދުވަމުންދާކަމުގެ ކަންބޮޑުވުމާއެކު ކަށިމިޔަރު މަސްވެރިކަން ހުއްޓިގެންދިޔައެވެ. އެހެންނަމަވެސް، ފަހަކަށް އައިސް މަސްވެރިންގެ ފަރާތުން މިޔަރު ގިނަވުމުގެ ކަންބޮޑުވުންތައްވެސް ވަނީ އިވިފައެވެ.

މެންބަރު އައްބާސް ހުށައެޅުއްވި ގަރާރުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މިޔަރުގެ އާއިލާގެ ހުރިހާ ބާވަތްތަކަކީ ލަހުން ހެދި ބޮޑުވާ އަދި ލަހުން ދަރިމާވާ، ވިހާ ފަހަރަކު މަދު އަދަދަކުން ވިހާ ބާވަތެކެވެ. މިޔަރަކީ ކަނޑުގެ ނިޒާމުުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ، ކަނޑުގެ ސިއްހަތު ދެމެހެއްޓުމަށް އެހީތެރިވާ ”ކީސްޓޯން ސްޕީޝީޒް“ އެކެވެ. ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލައިފިނަމަ، މިޔަރުގެ އާބާދީ ވަރަށް ބޮޑަށް ދަށްވުމުގެ ކަންބޮޑުވުންތައް އެބަހުރިކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ. މިޔަރު މަދުވާނަމަ އެހެން މަސްތަކުގެ އާބާދީއަށްވެސް ބަދަލު އައިސް، ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ ހަމަޖެހުން ގެއްލި، ދިގު މުއްދަތުގައި ރާއްޖޭގެ މަސްވެރިކަމަށް ނޭދެވޭ އަސަރުކުރާނެކަމަށް އައްބާސް ފާހަގަކުރައްވައެވެ.

މީގެ އިތުރުން، ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކަނޑުގެ ދިރުންތައް ދެކުމަށް ރާއްޖެ އަންނަ ފަތުރުވެރިންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު ބައެކެވެ.

ދިރޭ މިޔަރަކުން ފަތުރުވެރިކަމުގެ ސިނާއަތަށް ގެނެސްދޭ އިގްތިސާދީ މަންފާ، މިޔަރު މަރާލައިގެން ލިބޭ މަންފާއަށްވުރެ އެތައް ގުނައެއް ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކޮށްފިނަމަ، ލިބޭނޭ ފައިދާއަށްވުރެ ލިބޭ ގެއްލުން މާ ބޮޑުވާނެކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ. ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ދުނިޔޭގެ އެކި ޖަމިއްޔާތަކާއި، ތިމާވެށީގެ އެކްޓިވިސްޓުންގެ ފާޑުކިޔުންވެސް ރާއްޖެއަށް އަމާޒުވަމުންދާކަން އައްބާސް ފާހަގަކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: