ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހެޑްކުއާޓާސް ރައީސް ހުޅުވައިދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އައު ހެޑްކުއާޓަރސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.

މި އިމާރާތް ތަރައްޤީކޮށްފައި ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއާޓާސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙުސައިން ޒަރީރާއި، ކަރެކްޝަންސްގެ އިސްވެރިންނާއި އޮފިސަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަފައެވެ.

މި ހެޑްކުއާޓާސް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. ހެޑްކުއާޓާސް އައު އިމާރާތުގައި ހުރި ވަސީލަތްތައް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.

މި އައު އޮފީސް އިމާރާތަކީ 2 ފަންގިފިލާގެ އިމާރާތެކެވެ. ކަރެންޝަންސްގެ އައު ހެޑްއޮފީސް ޤާއިމުކޮށްފައި ވަނީ ގާތްގަނޑަކަށް 12000 އަކަފޫޓުގެ ޖާގައެއްގަ އެވެ.

އައު ހެޑްކުއަރޓަރސްގައި ޤާއިމުކޮށްފައިވާ ސެކްޝަންތައް:

1. އޮފިސް އޮފް ދަ ކޮމިޝަނަރ
2. މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ސެކްޝަން
3. އެޑްމިނިސްޓްރޭޝަން ސެކްޝަން
4. ޕްރޮކިއުމަންޓް ސެކްޝަން
5. ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން
6. އޮފެންޑަރ ސަރވިސް ޑިވިޜަން
7. އިންފޮރމޭޝަން ޓެކްނޮލޮޖީ ޑިވިޜަން
8. ރިހެބިލޓޭޝަން އެންޑް ރީއިންޓަގްރޭޝަން ކޮމާންޑް
9. ޕެރޯލް އޮފީސް
10. ހެލްތުކެއަރ ސަރވިސް ޑިވިޜަން
11. ޕްރޮފެޝަނަލް ސްޓޭންޑަރޑް
12. ލީގަލް ސަރވިސް ސެކްޝަން
13. ޔުނިފޯރމް ސަރވިސް ސެކްޝަން
14. ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް
15. ޓްރާންސްޕޯރޓް ސަރވިސް ސެކްޝަން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއާޓާސް މީގެ ކުރިން ހިންގަމުން ގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ އިމާރާތްތަކުގައެވެ.

އެހެންނަމަވެސް ހެޑްކުއަރޓަރސް އަމިއްލަ ބިމެއްގައި ހުޅުވިގެން ދިއުމަކީ މި ސަރވިސްގެ ޚިދުމަތްތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ކަރެންޝަންސްއިން ފާހަގަ ކުރައްވައެވެ.

‏މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން 31 ޑިސެމްބަރ 2013 ގައި އެފެއްދެވި މުއައްސަސާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: