ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖު ކޯޕަރޭޝަނުން، ސައުދީ އަރަބިއްޔާގެ ރަވާފް މިނާއާއެކު އެއްބަސްވުމުގައި ސޮއިކޮށްފި!

ފޮޓޯ: ހައްޖު ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޙައްޖާޖީންނަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށް، މުޠައްވިފްކަމުގައިވާ ސައުދީ އަރަބިއްޔާގެ ރަވާފް މިނާއާ އެކު ހައްޖު ކޯޕަރޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްދާ ދިވެހި ހައްޖާޖީންނަށް މީނާ އަދި ޢަރަފާތުގައި އެންމެ ފެންވަރު ރަނގަޅު ޚިދުމަތްތައް ކަށަވަރުކޮށްދިނުމެވެ.

މި އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ. އަދި ރަވާފް މިނާގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޒުހައިރު ޢަބްދުލް ޙަމީދު ސަދާޔޯއެވެ. ހައްޖު ކޯޕަރޭޝަނުން ފާހަގަކުރާ ގޮތުގައި، މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ހައްޖާޖީންނަށް ވަރަށް ހާއްސަ އަހަރެކެވެ. އެގޮތުން، ދިވެހި ހައްޖާޖީންނަށް، މީނާ އަދި ޢަރަފާތުގައި އެންމެ ފެންވަރު ރަނގަޅު ހިދުމަތް ދެވިފައިވަނީ މިދިޔަ އަހަރުގައެވެ.

މީގެއިތުރުން، ދިވެހި ހައްޖާޖީންނަށް ސިއްހީ އެހީތެރިކަން ދިނުމަށް، ހައްޖު ކޯޕަރޭޝަނުން ވަނީ ސައުދީ އަރަބިއްޔާގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ހައްޖަށްދާ ދިވެހިންނަށް އެންމެ މަތީ ފެންވަރުގެ ސިއްހީ ޚިދުމަތްތައް ލިބިގެންދާނެއެވެ. ހަމައެއާއިއެކު، ރާއްޖެއިން ހައްޖަށްދާ ހައްޖާޖީންގެ ޖުމްލަ 50 އިންސައްތަ ސައުދީ އެއަރލައިންގައި ގެންދިޔުމަށް، އެ އެއަރލައިނާއި ހައްޖު ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދިޔުމަކީ، ހައްޖަށް ދާ ދިވެހި ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަތަކާއެކު، ސިއްހީ އެހީތެރިކަން ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ހައްޖު ކޯޕަރޭޝަނުން ފާހަގަކުރާ ގޮތުގައި، މިކަމުގެ ސަބަބުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާ ހައްޖާޖީންނަށް އިތުބާރު ހުރި އަދި މަތީ ފެންވަރުގެ ޚިދުމަތްތައް ލިބިގަތުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި، ހައްޖާޖީންނަށް، ހައްޖުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، އެންމެ ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބިގެންދާނެކަމުގެ ޔަޤީންކަން އެބައޮތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: