ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ ވަބާއިން އެއްކިބާވެފައިވާ ގައުމެއް ބިނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އެބަދޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު.
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފުލުހުންގެ އިދާރާއަށް އަންގަވާފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ އޮޕަރޭޝަނެކެވެ.

ރައީސް މުއިއްޒު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މަސްތުވާތަކެތީގެ ވަބާއިން އެއްކިބާވެފައިވާ ގައުމެއް ބިނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި، މި މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަކޮށްގެން، މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންގެ އިދާރާއަށް އަންގާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އޮޕަރޭޝަނުގެ ދަށުން، އެއްވަގުތެއްގައި ރާއްޖޭގެ 100އަށް ވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، މި ބޮޑު އޮޕަރޭޝަނުގައި 500އަށް ވުރެ ގިނަ ފުލުހުން ބައިވެރިވާނެކަމަށް ވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

މަސްތުވާތަކެތީގެ ވަބާއަކީ ދިވެހި ޒުވާން ޖީލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ދަނީ ރެޔާއި ދުވާލު އެންޓައި ޑްރަގު އޮޕަރޭޝަންތައް ހިންގުމުގައި މަސައްކަތްކުރަމުންނެވެ. ރައީސްގެ މި އަމުރާއެކު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ގައުމީ ފެންވަރުގައި ބޮޑު މަސައްކަތެއް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: